މާލެ ސިޓީ ކައުންސިލުގެ އޮޑިޓު ކޮމިޓީގެ ޗެއާ ކަމުން ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީހު ހަނީފު އިސްތިއުފާ ދީފައިވާތީ އެ މަގާމަށް މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާ މިއަދު އައްޔަނުކޮށްފި އެވެ.
އޭނާގެ ނަން އެ މަގާމަށް އައްޔަނުކުރުމަށް ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމް އެވެ. އެގޮތަށް ފާސްކުރީ މިއަދު ބޭއްވި ސިޓީ ކައުންސިލުގެ ފަސްވަނަ ދައުރުގެ ނުވަވަނަ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އޮޑިޓު ކޮމިޓީގެ ޗެއާކަމުން އިސްތިއުފާ ދިން ސަނީހު ވަނީ ކޮމިޓީގެ މެންބަރެއްގެ މަގާމަށް މިއަދު އައްޔަނުކޮށްފަ އެވެ. ސަނީހު ކޮމިޓިގެ މެންބަރަކަށް އައްޔަނުކުރުމަށް ހުށަހެޅުއްވީ ވެސް އާޒިމް އެވެ. ސަނީހު ކޮމިޓީގެ ޗެއާކަމުން އިސްތިއުފާ ދިނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުންނެވެ.
މާލެ ސިޓީ ކައުންސިލުގެ އޮޑިޓު ކޮމިޓީގެ ޗެއާ ކަމުން ކައުންސިލަރު އަހުމަދު ސަނީހު ހަނީފު މިއަދު އިސްތިއުފާ ދެއްވައިފި. އޭނާ މި މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ބިންވެރިޔާ ގޯތިތަކުގެ މައްސަލައާއި ވޯޓާ ތީމް ޕާކުގެ ވައްކަމުގެ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ، އޭނާއަށް ކޮމިޓީތަކުގެ މުހިންމު މަގާމުތައް ދިނުމުން،
ލެ ސިޓީ ކައުންސިލު ގަވާއިދުން އޮޑިޓު ނުކުރާ މައްސަލަ ވަރަށް ބޮޑެވެ. މި އޮޑިޓު ރިޕޯޓުތައް ނިންމަން އެތައް ތާރީހެއް ދިން ނަމަވެސް، މިއަދާ ހަމައަށް ވެސް އެއިން ރިޕޯޓެއް ފެންނާކަށް ނެތެވެ.
މި ކައުންސިލުގެ އެންމެ ފަހުގެ ފެންނަން އޮތް އޮޑިޓު ރިޕޯޓަކީ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެވެ. އެ ފަހުން ކައުންސިލުގެ ދައުރެއް ނިމިފައިވާއިރު، އެ ދައުރުގެ ތެރޭގައި ގިނަ ވައްކަންތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. މީގެ ގިނަ މައްސަލަތައް ހިނގި ކަމަށް ވަނީ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރުގަ އެވެ.
މާލޭ ސިޓީ ކައުންސިލަކީ އެންމެ ބޮޑު ބަޖެޓެއް ލިބޭ ކައުންސިލެވެ. މި ކައުންސިލަށް ދައުލަތުގެ ބައެއް ވުޒާރާތަކަށް ވުރެ ބޮޑު ބަޖެޓެއް ލިބެ އެވެ.
މާލެ ސިޓީ ކައުންސިލުގެ އޮޑިޓު ކޮމިޓީގެ ޗެއާގެ މަގާމަށް ކައުންސިލަރު ޝިފާނާ އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ