ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ހުޅުމާލޭގައި ކާނިވަލެއް ބާއްވަން އެޗްޑީސީން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ އޮފިޝަލް އިވެންޓްސްއާ ގުޅިގެން، އަންނަ ހުކުރު ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ބާއްވާ ކާނިވަލް އޮންނާނީ ސެންޓްރަލް ޕާކުގައި ކަމަށެވެ. އެއީ ހަވީރު 4 އިން ރޭގަނޑު 11 އަށެވެ.
ކާނިވަލްގައި އެކި އުމުރުތަކަށް ހާއްސަ ހަރަކާތްތައް
ހިމެނޭނެ އެވެ. އޭގެ ތެރޭގައި ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިން އެރީނާ،
ފުޑް ކިއޮސްކުތައް، ޗިލްޑްރެންސް އޭރިއާ، އިންފްލޭޓަބަލްސް އަދި ލައިވް މިއުޒިކާއެކު
ބޮޑުބެރު ހުށަހެޅުންތައް ހިމެނެ އެވެ.
އެޗްޑީސީން ބުނީ އަންނަ އާދިއްތަ ދުވަހު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ހަރަކާތްތައް ހިންގަނީ މިނިވަން
ދުވަހުގެ އުފާފާޅުކުރުމާއެކު ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އެއްބައިވަންތަކަން އިތުރުކޮށް މަޖާ އެކި
ހަރަކާތްތަކާ އެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކޮށްދިނުމަށެވެ.
އެ ކުންފުނީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ބައިވެރިވުމާއެކު ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމެވެ.
މިނިވަން ދުވަހަށް އެޗްޑީސީން ކާނިވަލެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ