ރާއްޖޭގެ މަޝްހޫރި އަދި ގިނަ ދުވަސްވީ ހަވީރު ނިއުސް އެޖެންސީގެ ދަށުންކުރާ ވިޔަފާރިތުގެ މިލްކުވެރިކަން ބަދަލިކުރުން (ވިއްކުން) ހުއްޓުވުމަށް ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.
"ހަވީރު ނޫސް އެޖެންސީ"ގެ މިލްކިއްޔާތު ވިއްކާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން ކުރި ވަގުތީ އަމުރަކީ ހަވީރުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ހަވީރު ނޫސް އެޖެންސީގެ ކުރީގެ ދެ މުއައްސިސުން ކަމަށްވާ އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން ކުރާ ދައުވާއާ ގުޅިގެން، އަދި އެބޭފުޅުން އެދިގެން ނެރެފައިވާ ވަގުތީ އަމުރެކެވެ.
އެ ދެ ބޭފުޅުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައި ވަނީ ހަވީރު ނޫހާއި ޗާޕްހާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ ހަވީރުގެ ޗެއާމަން ޑރ.މުހައްމަދު ޒާހިރު ހުސެއިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް ނަމަކަށް ކިޔާ މީހަކު އެއްވަރަށް ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީގެ ދަށުން ކަމަށެވެ.
އަދި އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރުގެ މުދަލާއި ލިބޭ ފައިދާ ބަހަން ޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައެއްގެ ދަށުން ކަމަށްވާ އިރު މިހާތަނާ ޖެހެންދެންވެސް ހަވީރުގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ އަނެއް ތިން މުއައްސިސުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް ފައިދާއެއް ވެސް ނުލިބޭ ގޮތަށް ޒާހިރު ހުސައިން އަމިއްލަ އަށް ކަމަށެވެ.
ހަވީރު ނިއުސް އެޖެންސީ ވިއްކުން މަނާކޮށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އެމައްސަލާގައި ދައުވާކޮށްފައިވާ ދެ ބޭފުޅުން އެކަމަށް އެދުމުން ސިވިލް ކޯޓުގައިވާ މައްސަލައަށް ވަކިގޮތެއް ކަނޑައަޅަންދެންނެވެ.
ހަވީރު ވިއްކުން ހުއްޓުވުމަށް ދަށުކޯޓުން ނެރުނު ވަގުތީ އަމުރަށް ހައިކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ