ހޫނު ގަދަވާތީ މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މި ދުވަސްވަރު ކަރަންޓުގެ ލޯޑު ބޮޑުވެ މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑާލަން ޖެހޭ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވާތީ އާންމުކޮށް ކަރަންޓު ބޭނުން ކުރާ މިންވަރަށް ވުރެ ގިނައިން ބޭނުން ކުރާނެތީ އިންޖީނުތަކައް ލޯޑު ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓުގެ ލޯޑު ބޮޑުވެ ކަރަންޓު ކަނޑާލަން ޖެހުނު ނަމަވެސް ގިނަވެގެން އެއްގަޑިއިރު ތެރޭގައި އެ ސަރަހައްދަކަށް ކަރަންޓު ގެ ހިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.
އެހެން ކަމުން މި ދުވަސްކޮޅު ގިނައިން ކަރަންޓު ބޭނުންވާ ޒާތުގެ ތަކެތި ވީހާވެސް މަދުން ބޭނުން ކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފައި ވެއެވެ.
މާލޭގެ ހޫނު މިން ހިރީ 31 ޑިގްރީގައި ނަމަވެސް ވައިގެ ތެތްކަމުގެ ނިސްބަތް ހުރީ 73 ޕަސެންޓްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ