ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ މިއަދާއި މާދަމާވެސް ރާއްޖޭގައި އިސްލާމީ ވަހުދަތާއި އިސްލާމީ ޝިޢާރުތައް ފެތުރުމަށް އެންމެ ބޭނުންތެރި، އެންމެ މުހިއްމު ބިނާކަމަށާއި އެ ޔުނިވަރސިޓީ ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އެއްކޮށްލުމާގުޅޭގޮތުން ބަހުސްކުރެވިގެން ދިޔުމާގުޅިގެން އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
މެމްބަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އިސްލާމީ ޔުނިވަރސިޓި އެއްދުވަހުން އަނެއް ދުވަހަށް ހަރުދަނާވުމަކީ ޤައުމު އެންމެ ބޭނުންވާ އެއްކަންތައްކަމަށް ވިދާޅުވިއެވެ. އަދި އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީ އެއްކޮށްލުމަކީ ނުވަތަ އިސްލާމީ ޔުނިވަރސިޓީ އުވާލުމަކީ ރަނގަޅުކަމެއް ނޫންކަމަށްވެސް އެމަބިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ޔުނިވަރސިޓީއެއްގެ ހިންގުން ބަދަލުކުރަންޖެހުމަކީ އެތަނުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމެއްކަމަށްވެސް މެމްބަރު ވިދާޅުވެފައިވެއެވެ.
މެމްބަރު އާދަމް ޝަރީފަކީ ތަޢުލީމީ ދާއިރާއަށްވެސް އެތައް ޚިދުމަތްތަކެއް ކުރައްވާފައިވާ، އެ ދާއިރާގެ ތަޖުރިބާކާރެކެވެ.
އިސްލާމީ ޔުނިވަރސިޓީ ދެމެހެއްޓުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން - މެމްބަރު އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ