މިމަސް ނިމުމުގެ ކުރިން ހުޅުމާލޭ ލޯކަލް މާރުކޭޓު ހުޅުވޭނެ:އެޗުޑީސީ

ހުޅުމާލޭ ލޯކަލްމާރުކޭޓު މިމަސް ނިމުމުގެ ކުރިން ހުޅެވޭނެ ކަމަށް އެޗުޑީސީން ވިދާޅުވެއްޖެއެވެ.
އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙުމަދު ވިދާޅުވީ އެތަނުގައިހުރި 62 ގޮޅީގެ ތެރެއިން ގިނަގޮޅިތައް މިހާރުވަނީ ކުއްޔަށް ދީފައި ކަމަށެވެ. އަދި ކުއްޔަށް ހިފި މީހުންނާއެކު އެއްބަސްވުމުގައި މިހާރުދަނީ ސޮއި ކުރަމުން ކަމަށް ވެސް ސުހައިލް ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރާތާ 15 ދުވަސްތެރޭގައި މަސައްކަތް ފަށަން ޖެހޭނެ ކަމަށް ވެސް ސުހައިލް ވިދާޅުވިއެވެ. ކުއްޔަށް ނުދީ ހުރި ގޮޅިތައް ވެސް ކުއްޔަށް ދިނުމަށްޓަކައި އަވަސް މުސްތަގުބަލެއްގައި އިޢުލާން ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭ ލޯކަލް މާރުކޭޓުގައި ވެސް ވިއްކޭނީ ދިވެހި އުފެއްދުން ތަކެވެ. އެތަނުގައި ރޯމަސް ވެސް ވިއްކޭނެ ކަމަށް ސުހައިލް ވިދާޅުވިއެވެ. އެހެންނަމަވެސް ވިއްކޭނީ ކަނޑާފައި ހުންނަ މަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ