އަލްމަނާސިކް ހައްޖު ގްރޫޕުން ހައްޖުވެރިންނަށް ލިޔުންތަކެއް ފޮނުވައިގެން އިތުރަށް ފައިސާ ނަގާ ކަމަށް ބުނެ، ހަވީރުން ލިޔެފައިވާ ޙަބަރު އަލް މަނާސިކް ހައްޖު ޖަމާއަތުން ދޮގުކޮށްފިއެވެ. 
އެކަން ކުއްވެރިކޮށް އަލް މަނާސިކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުރަން ތައްޔާރުވެފައި ވަނިކޮށް ހައްޖަށްދާ މީހުންގެ އަތުން އިތުރަށް ފައިސާ ނަގަން ފަށައިފިކަމަށް ހަވީރުގައި ލިޔެފައިވާ ލިޔުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 
އަދި އެ ޖަމާއަތުން ހައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ އަތުން ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްދިނުމަށް ކުރަންޖެހޭ ކަންތައްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އެ ޖަމާއަތަށް ހުއްދަ ދީފައިވާ ފައިސާގެ އިތުރުން ފައިސާ ނަގަން އެއްވެސް ހައްޖުވެރިއަކަށް އެ ޖަމާއަތުން އަންގާފައި ނުވާނެ ކަމަށް ބުނެފައިވެއެވެ. 
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވެސް ނުވަތަ ސައުދީ އަރަބިއާގެ ހައްޖާއި ބެހޭ އެއްވެސް އިދާރާ އަކުން ވެސް އިތުރު ފައިސާއެއް ހައްޖުވެރިންގެ އަތުން ނެގުމަށް މިހާތަނަށް އެ ޖަމާއަތަށް އަންގާފައި ނުވާނޭ ކަމަށް އަލް މަނާސިކުން ވަނީ ބުނެފައެވެ.
    
    ހަވީރު ނޫހުގެ ވާހަކަ މަނާސިކް ގްރޫޕުން ދޮގުކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ