މުޖުތަމަޢުގައި ޖަރީމާތަށް ގިނަވަނީ ލަދުވެތިކަން ނެތުމުގެ ސަބަބުން: ޝައިޚް އަލީ ޒާހިރު

މުޖުތަމަޢުގައި ޖަރީމާތަށް ގިނަވަނީ ލަދުވެތިކަން ނެތުމުގެ ސަބަބުން ކަމަށް އައްޝައިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.މިހެން ޝައިޚް އަލީ ޒާހިރު ވިދާޅުވީ ޕީސް ފައުންޑޭޝަން އިން އިންތިޒާމް ކޮށްގެން ރޭ ވިލިމާލެ ބޯޅަ ދަނޑު ސަރަހައްދުގައި ބޭއްވި ” ތިބާގެ ކިބާގައި ލަދުވެތިކަން ނުވާނަމަ” ދަރުސްގައި ވާހަކަ ދައްކަވަނުންނެވެ.ޝައިޚް އަލީ ޒާހިރު އިތުރަށް ވިދާޅުވީ މުޖުތަމަޢު ފަސާދަވެ އެކިއެކި ކުށްތަކަށް ގިނަވެގެން ދަނީ އެމުޖުތަމައުގައި އުޅޭ މީހުންގެ ލަދުވެތިކަން ނެތުމުގެ ސަބަބުން ކަމަށެވެ.މީގެއިތުރުން ލަދުވެތިކަމޭ ބުނެ ހެޔޮކަންތައްތައް ކުރަން ފަސްޖެހިގެން ނުވާނެ ކަމަށާއި އެހެންވާނަމަ އެއީ ނުކެރުން ނުވަތަ ފިޑިކަން ކަމަށް ޝައިޚް އަލީ ޒާހިރުގެ ވާހަކައިގައި ފާހަގަ ކުރިއެވެ.އަދި ހަމަމިއާއެކު އަހަރުމެން ހައްގު ގޮތުގައި ﷲއަށް ލަދުވެތިވާން ޖެހޭނެ ކަމަށާއި ފާފަތަކަށް އަރާގަންނައިރު އެކަލާނގެ ހަޟްރަތުން އަތުވެގާނެ ކޯފާއަކަށް ބިރުވެތިވާން ޖެހޭކަމަށް ވެސް ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ