ހިތަދޫ އެވްރިވަން ލަރނިންގ ސެންޓަރުން ވަގަށްނެގި ތަކެތި ހޯދާ މީހަކު ހައްޔަރުކޮށްފި

އައްޑޫސިޓީ ހިތަދޫ އެވްރިވަން ލަރނިންގ ސެންޓަރުން ވަގަށް ނަގާފައިވާ ތަކެތި ހޯދާ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ، އެވްރިވަން ލަރނިންގ ސެންޓަރުން ވައްކަންކޮށްފައިވާ ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މި މަހު 24 ވަނަ ދުވަހު އިންޓެލިޖެންސާއި ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ހިދަތޫގެ ދެ ގެ އެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން، އެވްރިވަން ލަރނިންގ ސެންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮމްޕިއުޓަރ ސިސްޓަމަކާއި އިލެކްޓްރޯނިކްސް ސަމާނު އެ ދެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ