ދެވަނަ ޑޯޒް: 28،970 މީހަކު ޖަހައިފި

ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 28،000އިން މައްޗަށް އަރައިފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ވަނީ 3،601 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުން އިއްޔެ 127 މީހަކު ވަނީ ވެކްސިންގެ ފުރަތަަމަ ޑޯޒު ޖަހާފައެވެ. އަދި އަތޮޅު ތެރެއިން 995 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އެއީ ޖުމްލަ 1،122 މީހުނެވެ. އިއްޔެ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 2،421 މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އަތޮޅު ތެރެއިން 1،180 މީހަކު ވެކްސިންގެ ދެވަނަ ޑޯޒު ޖެހި ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިން ކަމަށްވާއިރު، ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ.ފެބްރުއައީ މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ދެމުން އަންނައިރު، ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާފައިވަނީ މިމަހުއެވެ. ކުރިން ހެނދުނު ވެކްސިން ދެމުން އައިނަމަވެސް، އަންގާރަ ދުވަހު ރަމްޟާން މަސް ފެށުމާއެކު، މިހާރު ވެކްސިން ދިނުމަށް ނިންމާފައިވަނީ ރޭނގަނޑު ވަގުތުގައެވެ.ރޯދަ މަހު ވެކްސިން ޖަހައިދެނީ ކޮންމެ ރެޔަކު ވެސް ރޭގަނޑު 21:00 އިން 23:00 އަށެވެ. ކޮންމެ ރެޔަކު ވެސް ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ބޮޑެތި ކިޔޫތައް އޮވެ އެވެ.އެޗްޕީއޭ އިން މިއަދު ބުނީ، މިއަދުން ފެށިގެން ވެކްސިން ޖަހައިދޭ ވަގުތު 45 އިތުުރުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކޮންމެ ރެޔަކު ވެސް 21:00 ން 23:45 އަށް ވެކްސިން ޖެހައިދޭނެ އެވެ.ކޮވިޝީލްޑްގެ ދެ ޑޯޒް ހަމަކުރުމުން ކޮވިޑް ބަލިން ރައްކާތެރިވުމުގެ ހިމާޔަތް 90 ޕަސެންޓަށް ގެންގޮސްދެ އެވެ. އަދި ބަލި ޖެހުނަސް ސީރިއަސް ހާލަތަކަށް ދިއުމުން ދުރުކޮށްދެ އެވެ.  ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:ސޯޝަލް ސެންޓަރު - 21:00 ން 23:45 އަށްނެޝަނަލް އާޓް ގެލަރީ 21:00 ން 23:45 އަށްރައްޔިތުންގެ މަޖްލިސް 21:00 ން 23:45އަށްހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތް) 21:00 އިން 23:45އަށްވިލިމާލެ ޒުވާނުންގެ މަރުކަޒު 21:00 ން 23:45އަށްސެނަހިޔާ 21:00 އިން 23:45 އަށްސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވޭނެ ސެންޓަރުތައް:ޓްރީޓޮޕް ހޮސްޕިޓަލް 21:00 އިން 23:00އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ