އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ މަޖިލީހުން ދަނީ ބަލަމުން: ރައީސް ނަޝީދު

އުތުރުގެ ރަށެއްގައި ތިން ފިރިހެނަކު، އުމުރުން 14 އަަހަރުގެ އަންހެން ކުއްޖަކު ރޭޕުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނަ ކަމަށް މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވަމުން މާލެ މަގުމަތިން އަންހެންކުއްޖަކު އަތުލައިގަނެ، ގޯޅިއެއްގެ ތެރެއަށް ވައްދައި ރޭޕުކުރުމަށް މަސައްކަތްކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މާރިޗު މަހުގައި ރަށެއްގައި އަންހެން ކުއްޖަކު ރޭޕުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ މަޖިލީހުން ބަލަމުންދާ ކަމަށެވެ.
އެ މައްސަލަ ބަލަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއިންނެވެ. ދެ ކޮމިޓީން މައްސަލަ ބަލަމުންދާއިރު، މައްސަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީއާއި، ހިއުމަން ރައިޓްސް ކޮމިޝަން ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ. 
ރައީސް ނަޝީދު ވިދާޅުވީ ރޭޕުގެ މައްސަލަތައް ދައުލަތުގެ މުއައްސަސާތަކުންވެސް ފުންކޮށް ބަލަމުން އަންނަ ކަމަށާއި، އެކަންކަމަކީ ސަރުކާރާއި މަޖިލީހުންވެސް ކަންބޮޑުވާ ކަންކަން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ