ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލަށް އަންނަ ބަދަލާ ގުޅޭ މައުލޫމާތު މިރޭ ކްލަބްހައުސްއިން

ކަރަންޓު އިގްތިސާދުކުރުމަށް ބާރުއަޅައި، އެކަމަށް ހޭލުންތެރި ކުރުމަށް ހާއްސަ ކްލަބްހައުސް ސެޝަނެއް ބާއްވަން ނިންމާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓޭލްކޯއިން ބުނީ އެ ކުންފުނީގެ އެނާޖީ ސޭވް ކެމްޕޭނުގެ ދަށުން ވަރަށް ހާއްސަ ސެޝަނެއް މިރޭ 21:00 ގައި ކްލަބްހައުސްގައި ކުރިއަށްދާނެ ކަމަށެވެ. އަދި އެ ސެޝަނުގައި ވާހަކަ ދައްކާނީ މޫސުމާއި ކަރަންޓުބިލަށް އަންނަ ބަދަލާ ގުޅޭގޮތުން ކަމަށް ބުންޏެވެ.
މިރޭގެ ސެޝަނުގެ ޕެނަލިސްޓުންގެ ގޮތުގައއި ހަރަކާތްތެރިވާނީ އެ ދާއިރާގެ ތަޖުރިބާ ހުރި އެ ކުންފުނީގެ މުވައްޒަފުންނެވެ. އަދި އެ ސެޝަނުގައި ބައިވެރިވާ އާންމުންނަށް މިރޭގެ މައުލޫއާ ގުޅޭގޮތުން  ސުވާލު ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުންޏެވެ.
ސްޓެލްކޯއިން ބުނީ ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އިތުރު ނެޝަންތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ