އިޒްރޭލާއި އިންޑިއާ ތަފާތެއް ނެތް: ޔާމީން
އިޒްރޭލުގެ ޔަހޫދީންގެ އަނިޔާވެރިކަން ފަލަސްތީނުގެ މުސްލިމުން ހުއްޓުމެއް ނެތި ތަޖުރިބާކުރަމުން އަންނަ އިިރު، މިއަދު އިޒުރޭލާއި އިންޑިއާއާ ދެމެދު އެއްވެސް ތަފާތެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި "ނަބިއްޔާގެ ދިފާއުގައި" ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދު އިންޑިއާއިންކުރާ ކަންކަން އިސްރާއިލާ ހަމަހަމަކަމަށެވެ.އިންޑިއާގެ މިއަދު ތުއްތުކުދިންނަށް ކިޔަވަދޭ ލަވަތަކާއި ފިލާވަޅުތަކުގައި މުސްލިމުންނަށް ނަފްރަތު އުފެއްދުމަށް ބޮޑު އިސްކަމެއް ދީފައިވާކަމަށާއި، އެ ކުދިންނަށް ކިޔައިދޭ ލަވަތަކުގައި މުސްލިމުންނަށް އިތުބާރުނުކުރުމަށް ކިޔައިދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ."މިއަދު އިންޑިއާގައި މިހަނގަނީ ކީއްތޯ. އެ ގައުމުގައި މިހާރު އެންމެ ވަރުގަދައަށް ހިނގަނީ ޕޮޕް ލަވަތަކެއް. ހިންދުސްތާނުގެ ލަވަކިޔުންތެރިން. އެމީހުންގެ މުޅި ތީމުގަ މި އޮންނަނީ އިސްލާމުންނަށް އިތުބާރުނުކުރުމާއި، އިސްލާމުން ދާށޭ ޕާކިސްތާނަށް،" ރައީސް ޔާމީން ވިދާޅުވިއެވެއެމަނިކުފާނު ވިދާޅުވީ އެމީހުން ބުނާ ގޮތްގޮތަށް އަމަލުނުކުރާ މީހުން ގަތުލު އާމަކަށް ކުރިމަތިލާން އިންޑިއާގައި ގޮވާކަމަށެވެ. ފަލަސްތީން ވެސް ނިމިދިޔައީ އިސްރާއީލުގެ ފަރާތުން އެފަދަ ކަންކަން ކުރިމަތިވުމުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.އިންޑިއާ އަކީ ވެސް ކުރިން ހުރިހާ ދީންތަކަކާއި ހުރިހާ ނަސްލުތަކަކަށް ފުރުސަތު އޮތް ގައުމެއް ކަމަށާއި ނަމަވެސް ފާއިތުވި ވިއްސަކަށް ފަންސަވީހަކަށް އަހަރުތެރޭގައި ރޭވިގެން ކަންކަން ބަދަލުކޮށްފި ކަމަށް ޔާމީން ވިދާޅުވިއެވެ.ބައެއް ސްޓޭޓްތަކުގައި ވަކިން ހާއްސަކޮށް އިސްލާމްދީނާއި ދެކޮޅު ހަރަކާތްތައް ހިންގާ ކަމަށާއި އާރްއެސްއެސްގެ ސިޔާސީ ގޮއްޕަކީ މިހާރު އިންޑިއާގެ ވެރިކަމުގައި އޮތް ބީޖޭޕީ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.ޔާމީން ވިދާޅުވީ ބީޖޭޕީގެ އިސް މަސްއޫލުވެރިން ރަސޫލާއަށް ފުރައްސާރަ ކުރުން ވެސް އެއީ އިއްތިފާގެއް ނޫން ކަމަށެވެ. "ހިޔާލު ފާޅުކުރުމަކީ ﷲ ހަޞްރަތުން ދެއްވާފައި އޮތް ނިއުމަތެއް. ބުއްދީގެ ބޭނުން ކުރަނީ ހަމައެކަނި އަމިއްލަ ބޭނުމަކަށް ނޫން. އެއީ އެހެން މީހުންނަށް ވިސްނައި ދިނުމަށް ވެސް ބޭނުންވާ އެއްޗެއް. އިންޑިއާގައި ބީޖޭޕީގެ ފަރާތުން ހިނގައިގެން މިދިޔައީ އަޅުގަނޑުމެން ގަބޫލު ކުރާކަމެއް ނޫން." ޔާމީން ވިދާޅުވިއެވެ. "ހިންދުސްތާނަކީ ނަސޯރާއިން ހިންދޫން އަދި އެހެން ދީންތަކުގެ މީހުން އުޅޭ ތަނަކަށް ވީނަމަވެސް އެ މީހުން ވިސްނުމަކީ މިތަން އެބަޖެހެއޭ ތޯހިރުކުރަން. މިތަނުން ނަސްލެއް އެބަ ނައްތާލަންޖެހެއޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.ރަސޫލާގެ ދިފާއުގައި ރާއްޖޭގައި ތަފާތު އެކި ހަރާކަތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ދާދިފަހުން ރަސޫލާއަށް އޮތް ލޯބި ދައްކާލުމަށް މާލޭގައި ޒުވާނުން އިސްވެ ސައިކަލު ބުރެއް ބާއްވާފައެވެ.ރަސޫލާގެ ދިފާއުގައި ނިކުންނަށް ޖެހުނީ އިންޑިއާގެ ބީޖޭޕީ ލީޑަރެއް ރަސޫލާއަށް ފާޅުގައި ފުރައްސާރަކުރުމާ ގުޅިގެންނެވެ.އިންޑިއާގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން އެ ގައުމުގެ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރު ޝަރުމާ، ވަނީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން ވާހަކަ ދައްކައި، ފުރައްސާރަ ކުރުމުގެ އިތުރުން ކީރިތި ޤުރުއާނަށް މަލާމާތްކޮށްފައެވެ. އަދި އެ ޤުރުއާނާމެދު، މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާ ނަފުރަތު އުފެދޭ ޒާތުގެ ވާހަކަތައް ވެސް، މި ޓީވީ ޝޯގައި އޭނާ ދެއްކިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ