މިވަގުތު ރާއްޖޭގެ މޫސުން

ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައިވަނީ މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު މެންދުރު 01:40 ގައެވެ. ވައިޓް އެލާޓް ނެރެފައިވަނީ 01:50 އިން ފެށިގެން 18:00 ހަމަޔަށެވެ. ވައިޓް އެލާޓް ނެރެފައިވަނީ ކ.އަތޮޅަށާއި ލ. އަތޮޅުން ފެށިގެން ސ.އަތޮޅާ ހަމައަށެވެ. މި އެލާޓްގައި ވާގޮތުން ބޯކޮށް ވާރޭވެހޭނެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު މެންދުރު 12:35 ގައިވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މި އެލާޓް ނެފައިވަނީ ބ.އަތޮޅުން ފެށިގެން ސ.އަތޮޅާ ހަމައަށް 12:45ން ފެށިގެން 19:00 އާއި ހަމައަށެވެ. މި އެލާޓްގައިވާ ގޮތުން ރާއްޖޭގެ މި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެއެވެ.
މީގެއިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ނެރެފައިވާ ރިޕޯޓް ގައި ވަނީ "ރާއްޖޭގެ އެކިސާބުށް ވިއްސާރަކުރާނެ ގުގުރުން އެކަށީގެންވޭ. އަދި މެދުތެރޭއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނޭ ކަމަށްވެސް ލަފާކުރެވޭ. އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލު 10 މޭލު ދެމެދުސެ ބާރުމިނުގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުނޅަގުދެކުނާއި ހުނޅަގުން ގަޑިއަކު 10 މޭލާއި 18 މޭލު ދެމެދުގައި ބާރުމިނުގައި ވައިޖެހޭނެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުށް ވައިގަދަވުން އެކަށީގެންވޭ. އުތުރުއަތޮޅުތަކުގެ ކަނޑުތަށް މަޑުވާނެ އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވާނެ. ބޯކޮށް ވާރޭވެހިދާނެކަމަށް ލަފާޚުރެވޭތީ މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމަށް". މިއީ މިއަދު ހެނދުނު 10:00ން މާދަމާ ހެނދުނު 10:00 އާއި ހަމައަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން މޫސުން ލަފާކޮށްފައިވާ ގޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ