ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު އިންޑިއާ އަށް ފައްޓަވާ ދަތުރުފުޅުގައި ސިއްހީ ދާއިރާއާ ގުޅޭ ވަރަށް މުހިންމު އެއްބަސް ވުންތަކެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ދަތުރުފުޅުގައި ސިއްހީ ދާއިރާގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.
މިނިސްޓަރ އަމީން ވަނީ މިދިޔަ ހަފްތާގައި އިންޑިއާ އަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާގެ ހެލްތު މިނިސްޓަރާއި ބައްދަލު ކުރައްވާފައެވެ.
އިންޑިއާ އާއި ރާއްޖެ އިން ސިއްހީ ދާއިރާގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވަން ތައްޔާރު ވާއިރު ނިމުމަކާއި ގާތްވެފައި ހުރި ދަރުމަނަވަންތަ ހޮސްޕިޓަލް އިންޑިއާ ކުންފުންޏަކާއި ހަވާލު ކުރަން ސަރުކާރުން ނިންމާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އަކަށް އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އައްޔަން ކުރުމުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އިންޑިއާ ކުންފުންޏަކާއި ހަވާލު ކުރަން އުޅޭ އަޑުތައް ވަނީ އިތުރަށް ގަދަވެފައެވެ.
ކުޑަ ބަންދޭ އަކީ އެއާޕޯޓްސް ކޮމްޕެނީގެ ޗެއާމަން ކަމުގައި ހުންނަވައިގެން ވެލާނާ އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދޭން ސޮއި ކުރެއްވި ބޭފުޅާއެވެ. އަދި އެއްބަސްވުމާއި ހިލާފަށް ސިޓީއަކުން އާއިޖުރާއަތުތަކެއް ހަމަޖައްސަވައިގެން އެއާޕޯޓް ކޮމްޕެނީ އަށް ގެއްލުންވާ ގޮތައް ޖީއެމްއާރް އަށް ފައިސާ ދޫކުރެއްވީ ވެސް އޭނާ އެވެ.
މިނިސްޓަރ އަމީން ރޭ ވިދާޅުވީ ރައީސް ސޯލިހްގެ ދަތުރުފުޅަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަރަށް ބޮޑަށް އިންތިޒާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ސިއްހީ ދާއިރާގެ އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ