އެކުންޓްގައި ހުންނާނީ ސައްހަ ޖާއިޒު ފައިސާ - ޔާމީން

އެކުއުންޓްގައި ހުރި ހުރިހާ ފައިސާއަކީ ޖާއިޒު ސައްހަ ފައިސާ ނޫން އެއްޗެސް ނުހުންނާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނުގެ އެކައުންޓްގައި ހުރި 100 މިލިއަން ރުފިޔާ ފުރީޒްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ހުށައެޅުއްވި މާލީ ބަޔާނުގައިވާ ކޮންމެ އަކުރަކަށް ކޮންމެ ލަފުޒަކަށް ޒިންމާވާނެކަމަށެވެ.
ޔާމީންގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރިކަމަށް ފުކލުހުން ބުނެފައިވާއިރު އެކަން އެމަނިކުފާނު ދޮގުކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް މާލީ ބަޔާނުގައި ހުރި މައުލޫމާތުތަކެއް ފުލުހުން އާއްމުކުރުމުން އެކަމަށް ޔާމީން ވަނީ ފާޑު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ