ގާސިމް އިބްރާހިމް އާއިއެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް: ރައީސް ޔާމީން

ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއިކު މަސައްކަތް ނުކުރެވެން ވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީީގެ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުންގެ ތެރެއިން ކޯލިޝަން ހިންގުމުގައި އެންމެ އިސްދައުރެއް އަދާކުރައްވަނީ ގާސިމް އިބްރާހިމް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށާއި، ޤާސިމް އިބްރާހީމަށް ހެޔޮގޮތް އެދިލައްވާ ކަމަށާއި، ގައުމުގެ ކަންކަން ހަމަ މަގުން ކައްސާލައި، މިނިވަންކަން ގެއްލިގެންދާ ހިސާބަށް ކަންކަން ދާތަން ބަލަން އެމަނިކުފާނު ދެނެވަޑައިގަންވާ، ގާސިމް އިބްރާހީމް ނުހުންނަވާނެ ކަމަށެވެ.އަދި އެމްޑީޕީގެ ފިކުރާއި ޖުމުހޫރީ ޕާޓީގެ ފިކުރު ވަރަށް ތާފާތުކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަނުގައި އެމްޑީޕީން ގެންގުޅެނީ މުޅިން ތަފާތު ފިކުރެއް ކަމަށެވެ. އަދި ކޯލިޝަން ދެމެހެއްޓުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެކަމަށް އެހީތެރިވި ބޭފުޅަކީ ގާސިމް ކަމަށާއި އެހެންކަމުން ކޯލިޝަންގެ އެންމެ ވަރުގަދަ ބާރެއް އޮތީ ގާސިމްގެ އަތްފުޅުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.ދެ ޕާޓީގެ ފިކުރަށް ބަލާއިރު އެމްޑީޕީން ގެންގުޅޭ ފަދަ ހަރުކަށި ފިކުރުތައް ޖޭޕީގެ ގިނަ ބޭފުޅުން ނުގެންގުޅުއްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ގާސިމް އިބްރާހިމްއާއެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އަދި އެއީ ވިސްނަވަން އޮތްކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ