މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ ދައުވަތަކަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ރައީސް މައުމޫނާ ވަރަށް ގާތް ގުޅުމެއް އޮންނަ މަހާތީރު އެ ގައުމުގެ ބޮޑުވަޒީރުކަމާ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނާ ރައީސް މައުމޫން ރަސްމީކޮށް ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.
އެ ދެ ބޭފުޅުން ބައްދަލު ކުރައްވާއިރު، ރައީސް ސޯލިހުގެ ހާއްސަ ސިޓީފުޅެއް މަހާތީރަށް، ރައީސް މައުމޫން ރައްދުކުރައްވާނެ އެވެ. ނަމަވެސް އެ ސިޓީފުޅާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
އުމުރުފުޅުން 92 އަހަރުގައި މަހާތީރު މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ރައީސް މައުމޫން ހުންނެވީ ކުރީގެ ރައީސް އަދި ކޮއްކޯފުޅު އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ގިނަ ތުހުމަތުތަކަކާއި އެކު ޖަލު ބަންދުގަ އެވެ.
ރައީސް މައުމޫނުގެ ދަތުރުފުޅުގައި އެމަނިކުފާނާ އެކު އައިމިނަތު ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ބައިވެރިވެވަޑައިގަންނަވަ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ އަށް ވަޑައިގަންނަވާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މައުމޫން މެލޭޝިޔާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ