އަބްދުﷲ ޤާޒީގެ މައްސަލާގައި ނަޝީދުގެ މައްޗަށް އަންނަ މަހުގެ ފުރަތަމަ ދުވަހު ޝަރީއަތް ފަށަނީ

ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތް އަންނަ އޮކްޓޯބަރު މަހުގެ އެކެއްވާ ހޯމަދުވަހު ފަށާގޮތަށް ނިންމައިފިއެވެ.
ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީވަނީ ހޯމަދުވަހު ކޯޓަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދަށް ޗިޓް ފޮނުވިކަން ޔަގީންކޮށްދެއްވާފައެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކޮށް 22 ދުވަސް ވަންދެން ގިރިފުށީގައި ގެންގުޅުނު މައްސަލައާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އެއްވެސް ބޭފުޅަކު ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ފުރައިގެން ނުދިއުމަށް ހުޅުމާލޭ ކޯޓުން އިއްޔެވަނީ އެބޭފުޅުންނަށް އަންގާފައެވެ.
އަބްދުﷲ ޤާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނާއި 7 ފެބްރުއަރީއާއި ހަމައަށް މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ