ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ވަޒީރުންގެ މައްޗަށް ނަގާ އިތުބާރު ނެތްކަމުގެ ވޯޓް ސިއްރުކުރަން މަޖިލީހުން ނިންމުމާއި ގުޅިގެން އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމެވެ. ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ޤާނޫނީ ވަހީދު ވިދާޅުވީ މމައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ޤާނޫން އަސާސީގެ 85 ވަނަ މާއްދާއާއި 73 ވަނަ މާއްދާއާއި ޚިލާފަށް މިއަދު މަޖިލީހުގައި ވޯޓް ނަގާ ފާސްކުރުމާއި ގުޅިގެން ކަމަށެވެ.
ވައްޑޭ ވިދާޅުވީ މި މައްސަލަ ކޯޓަށް ވައްދާފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ނެތް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާގެ ބައެއް ސިއްރު ނުކުރެވޭނެ ކަމަށާއި ޖަލްސާ ބާއްވަން ވާނީ ފާޅުކަން ބޮޑު ގޮތެއްގައި ކަމަށް ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އެފަދަ ހާލަތެއް މިޤައުމުގައި ނެތި އިތުބާރު ނެތްކަމުގެ ވޯޓްތައް ސިއްރު ކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ޤަބޫލުކުރެވޭ ނިންމުމެއް ކަމަށް ނުވާތީ ކަމަށެވެ.
މީގެ އިތުރުން ޤާނޫން އަސާސީގެ 73 ވަނަ މާއްދާގައިވާ އުސޫލްތަކާއި ޚިލާފަށް މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްގެ ގޮނޑީގެ ސައްހަ ކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އެ ދެ މެމްބަރުން ވޯޓު ދެއްވައިގެން މި އިސްލާހް ފާސްކުރުމުން އެއީވެސް ސުވާލު އުފެދޭ ޤާނޫނީ މައްސަލައަކަށްވުން އެކަމާއިމެދުވެސް ގޮތެއް ނިންމައިދިނުމަށް އެދިފައިވާނެކަމަށް ވަހީދު ވިދާޅުވިއެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓް ސިއްރުކުރުމުގެ މައްސަލާގައި 41 މެންބަރުން އެކަމަށް ތާޢީދުކޮށް ފާސްކޮށްފައިވާއިރު އެ ވޯޓް ހާމަކޮށް ބޭއްވުމަށް މިއަދު ވަނީ މަޖިލީހުގެ ޤަވާއިދަށް އިސްލާހެއް ހުށައަޅާފަ އެވެ.
ވޯޓް ސިއްރު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ