މިއަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކޮންމެ ފަދަ ގުރުބާނީއެއްވެސް ވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.                         
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރު މިއަދު ވިދާޅުވީ ޕީޕީއެމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ އެހެން ބޭފުޅަކަށް ޓިކެޓު ދެއްވައިގެން ކަމަށްވާ ނަމަ ޕްރައިމަރީން ފަހަތަށް ޖެހެން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އެފަދަ ނިންމެވުމެއް އަދި ނިންމާފައިނުވާ ކަމަށް އުމަރު ވިދާޅުވިއެވެ. 
ރިޔާސީ ޕްރައިމަރީން ފަހަތަށް ޖެހިވަޑައިގެން ރައީސް މައުމޫނު އަބުދުލްގައްޔޫމުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމުގެ ބޭބޭފުޅު އިލްޔާސް އިބްރާހީމަށް އެފުރުސަތު ދެއްވުމަށް އުމަރު ނިންމަވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އުމަރު ދޮގު ކުރެއްވިއެވެ. އަދި އެކަމާ މެދު އިތުރު ގޮތެއް ނުނިންމަވާ ކަމަށާއި މިހާރު ވެސް ހުރީ ކުރިން ހުންނެވި ސްޓޭންޑުގައި ކަމަށް އުމަރު ވިދާޅުވިއެވެ. 
އުމަރު ވިދާޅުވީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށާއި އިލްޔާސް އިބްރާހީމު ފަދަ ތަޖުރިބާކާރު ބޭބޭފުޅުން އުމަރުގެ ޓީމަށް "އޮންބޯޑް" ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. 
"އިލްޔާސަކީ ސަރުކާރުގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެއް، އެހެންވީމާ އެބޭފުޅައަކީ މިކަމުގެ ތަޖުރިބާއާއި ގާބިލުކަން ހުރި ބޭފުޅެއް އަޅުގަނޑަށް އެބޭފުޅާ ވެސް ތާއިދު ދެއްވާނެ،" އުމަރު ވިދާޅުވިއެވެ.
    
    ޕީޕީއެމަށް 2013 ކާމިޔާބު ކުރުމަށް ކޮންމެ ފަދަ ގުރުބާނީ އެއްވެސް ވާން ތައްޔާރު: އުމަރު ނަސީރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            