21 ވަނަ ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާ

16-02-2015 23:54 އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދި އަސަދުﷲ އާ، ޓޫރިޒަމް މިނިިސްޓަރު އަދީބު އެ އެވޯޑު ހަވާލުކޮށް ދެއްވަނީ.-- ހަވީރު ފޮޓޯ 16-02-2015 23:49 މިހާރު ކުރިއަށްދަނީ އެވޯޑް ލިބުނު ފަރާތްތަކުގެ ގްރޫޕް ފޮޓޯއެއް ނެގުން. 16-02-2015 23:48 ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތިން ވަނަ އަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްގެ މެސީ. 16-02-2015 23:48 ހަވީރު ސްޕޯޓްސް އެވޯޑްސްގެ ދެ ވަނަ އަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ ނިއުގެ ސެންޓޭ. 16-02-2015 23:47 ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ އަސަދުﷲ. 16-02-2015 23:43 ހަވީރު ސްޕޯޓްްސް އެވޯޑްސްގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ނިއުގެ އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާގެ އަސަދުﷲ އާއި މުހައްމަދު އާރިފް (ބަކާ) އާއި އަސްހަދު އަލީ (އަޑުބަރޭ) އަދި ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ). 16-02-2015 23:41 ކުޅިވަރަށް ދިގު މުއްދަތަަށް ހިދުމަތްކުރައްވާފައިވާތީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ގައުމީ ކްރިކެޓް ޓީމާއި ވިކްޓަރީގެ ކްރިކެޓް ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ކްރިކެޓް ކޯޗު ފާއިޒު ސަމަދަށް ދީފި. 16-02-2015 23:33 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގައި، ގިޓަރިސްޓް ފަސީގެ އައިޓަމެއް ހުށަހަޅައި ދެނީ.-- ހަވީރު ފޮޓޯ 16-02-2015 23:26 އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދި އިރުފާންއާ އެވޯޑު ހަވާލުކުރަނީ.-- ހަވީރު ފޮޓޯ 16-02-2015 23:24 ހަވީރު ސްޕޯޓްސް ހަފުލާގައި ނިއު ރޭޑިއަންޓުގެ މެނޭޖަރު އަލީ ވަހީދާއި އެ ޓީމުގެ ކޯޗު މިކާ ބައިވެރިވަނީ.-- ހަވީރު ފޮޓޯ 16-02-2015 23:21 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގައި މިހާރު ކުރިއަށްދަނީ މަޝްހޫރު ގިޓަރިސްޓް ފަސީގެ ލައިވް ޕާފޯމަންސެއް. 16-02-2015 23:21 ރަންބޫޓު ހޯދި އަސަދުﷲ އާ އެ އެވޯޑު، ޔޫތު މިނިސްޓަރު މަލީހް ހަވާލުކޮށް ދެއްވަނީ.-- ހަވީރު ފޮޓޯ 16-02-2015 23:19 ސްޕޯޓްސް އެވޯޑްސް ހަފުލާގެ ތެރެއިން.-- ހަވީރު ފޮޓޯ 16-02-2015 23:19 މިހާރު ކުރިއަށްދަނީ، ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެސޯސިއޭޓް ޕާޓްނަރު ތިންކްގެ ވީޑިއޯ ޕްރޮފައިލް ދެއްކުން. 16-02-2015 23:18 ހަވީރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ހޮވުނީ މާޒިޔާގެ އިރުފާން. 16-02-2015 23:18 ހަވީރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ މާޒިޔާގެ އަހުމަދު އިރުފާން، ނިއުގެ ހަމްޒާ މުހައްމަދު އަދި އީގަލްސްގެ އިބްރާހިމް ހަމްދާން. 16-02-2015 23:18 ތިރީސް ލަނޑު ޖަހައިގެން ހަވީރުގެ ރަންބޫޓު ކާމިޔާބުކުރި މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށް ރަންބޫޓު ހަވާލުކޮށްފި. 16-02-2015 23:08 މިހާރު ކުރިއަށްދަނީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ މީޑިއާ ޕާޓްނަރު އެމްބީސީގެ، އެމްބީސީ ސްޕޯޓްސްގެ ވީޑިއޯ ޕްރޮފައިލް ދެއްކުން. 16-02-2015 23:07 މިހާރު ކުރިއަށްދަނީ އަހުމަދު ޝާހިރު ދިވެހި ފުޓްބޯޅައަށް ހިދުމަތްކުރައްވައި އަދި އޭޝިއަން ކަޕުގެ ފައިނަލް މެޗުގެ މެޗު ކޮމިޝަނަރުކަން ކުރައްވާފައިވާތީ އެކަމުގެ އަގުވަޒަންކޮށް އޭނާ އަށް ހަވީރުން ދޭ ހާއްސަ ފިލާ ދިނުން. 16-02-2015 23:06 އެންމެ މޮޅު ކޯޗުގެ އެވޯޑު މިކާއާ ހަވާލުކުރަނީ.-- ހަވީރު ފޮޓޯ 16-02-2015 23:01 އެންމެ މޮޅު ރެފްރީގެ އެވޯޑު ހޯދި ޝިފާންއާ އެ އެވޯޑު ހަވާލުކުރަނީ.-- ހަވީރު ފޮޓޯ 16-02-2015 23:00 ހަވީރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވުނީ ނިއުގެ މިކާ. އޭނާއާ އިނާމް ހަވާލުކޮށްދެއްވީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް. 16-02-2015 22:57 ހަވީރުގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗުގެ އެވޯޑަށް ވާދަކުރަނީ ނިއު ރޭޑިއަންޓުގެ މިކާ ލޮމްސްޓްރޮމް، މާޒިޔާގެ އަލީ ސުޒޭން އަދި ކްލަބް އީގަލްސްގެ އިހުސާން އަބްދުލްގަނީ (ސާންތީ). 16-02-2015 22:56 ހަވީރުގެ އެންމެ މޮޅު ރެފްރީގެ މަގާމަށް ހޮވުނީ ޝިފާން. އޭނާއާ އިނާމް ހަވާލުކޮށްދެއްވީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ މީޑިއާ ޕާޓްނަރު އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު. 16-02-2015 22:56 ސްޕޯޓްސް އެވޯޑްސް ހަފުލާގައި އުނޫޝާ އާއި ފަސީ ލަވައެއް ހުށަހަޅައި ދެނީ.-- ހަވީރު ފޮޓޯ 16-02-2015 22:55 ސްޕޯޓްސް އެވޯޑްސް ހަފުލާގައި އުނޫޝާ އާއި ފަސީ ލަވައެއް ހުށަހަޅައި ދެނީ.-- ހަވީރު ފޮޓޯ 16-02-2015 22:54 ހަވީރުގެ އެންމެ މޮޅު ފުޓްބޯޅަ ރެފްރީގެ އެވޯޑަށް ވާދަކުރަނީ އަހުމަދު ޝިފާން އަބްދުއްރަހީމް، އަހުމަދު އަސްލަމް އަދި އަހުމަދު އަފްސާހު. 16-02-2015 22:49 މިހާރު ކުރިއަށްދަނީ އުނޫޝާ އާއި މަޝްހޫރު ގިޓަރިސްޓް ފަސީގެ ޕާފޯމަންސެއް. 16-02-2015 22:48 އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރި ތިން ކުޅުންތެރިން ސްޓޭޖު މަތީގައި.-- ހަވީރު ފޮޓޯ 16-02-2015 22:48 އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރި ތިން ކުޅުންތެރިން ސްޓޭޖު މަތީގައި.-- ހަވީރު ފޮޓޯ 16-02-2015 22:46 އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރި ތިން ކުޅުންތެރިން ސްޓޭޖު މަތީގައި.-- ހަވީރު ފޮޓޯ 16-02-2015 22:45 އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރި ތިން ކުޅުންތެރިން ސްޓޭޖު މަތީގައި.-- ހަވީރު ފޮޓޯ 16-02-2015 22:45 އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑު ހޯދި ކުޅުންތެރިޔާއާ އެ އެވޯޑު ހަވާލުކުރަނީ.-- ހަވީރު ފޮޓޯ 16-02-2015 22:42 އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރި ތިން ކުޅުންތެރިން ސްޓޭޖު މަތީގައި.-- ހަވީރު ފޮޓޯ 16-02-2015 22:41 މިހާރު ކުރިއަށްދަނީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރު އުރީދުގެ ވީޑިއޯ ޕްރޮފައިލް. 16-02-2015 22:40 ހަވީރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސާޖިދު. މިއީ އޭނާ މި އެވޯޑް ޖެހިޖެހިގެން ހޯދި ތިން ވަނަ ފަހަރު. ދެ ވަނަ ކުޅުންތެރިޔަަކަށް ބަޓިސް ހޮވުނުއިރު ތިން ވަނަ ކުޅުންތެރިޔަކަށް ހޮވުނީ ލޯންގޭ. މި ކުޅުންތެރިންނަށް އިނާމް ދެއްވީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރު އުރީދުގެ ސީއީއޯ ވިކްރަމް ސިންހާ. 16-02-2015 22:39 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގެ ތެރެއިން.-- ހަވީރު ފޮޓޯ 16-02-2015 22:36 ހަވީރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އަލީ ހުޒާމް، އަހުމަދު އަބްދުލްކަރީމް (ލޯންގޭ)، އަޝްފާގް އާދަމް (އައްކަޅޭ)، އިޝާން މުހައްމަދު (ބަޓިސް) އަދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ). 16-02-2015 22:36 އެންމެ އުއްމީދީ އަންހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑާއި ތިން ވަނަ އަށް އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑު ހޯދި އަރީޝާއާ އެވޯޑު ހަވާލުކުރަނީ..-- ހަވީރު ފޮޓޯ 16-02-2015 22:35 ހަވީރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޝާއިން. އޭނާ އަށް އެވޯޑް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަން އަބްދުލްހަމީދު އަބްދުލްގަފޫރު. 16-02-2015 22:34 ހަވީރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މުހައްމަދު ޝާއިން، އަހުމަދު ފާޒިލް އަދި ހުސެއިން ވިޝާމް. 16-02-2015 22:33 ހަވީރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހައްވާ ރާޝިދާ. ދެ ވަނަ ކުޅުންތެރިޔަަކަށް ޝައްފަ ހޮވުނުއިރު ތިން ވަނަ ކުޅުންތެރިޔަކަށް ހޮވުނީ އަރީޝާ. މި ކުޅުންތެރިންނަށް އިނާމް ދެއްވީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރު މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް. 16-02-2015 22:31 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގެ ތެރެއިން..-- ހަވީރު ފޮޓޯ 16-02-2015 22:29 ހަވީރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އައިޝަތު މާޖިދާ، ހައްވާ ރާޝިދާ، އައިމިނަތު އަރީޝާ، އައިޝަތު ޝައްފަ އަދި މަރިޔަމް އަޒީފާ. 16-02-2015 22:28 ހަވީރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަރީޝާ. އޭނާ އަށް އެވޯޑް ހަވާލުކޮށްދެއްވީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެސޯސިއޭޓް ޕާޓްނަރު ސޮނީ ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ކަލީމް. 16-02-2015 22:28 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގައި، ސްޕެޝަލް ރިކޮގްނިޝަން އެވޯޑު ހޯދި މުއީނާއާ އެ އެވޯޑު ހަވާލުކުރަނީ..-- ހަވީރު ފޮޓޯ 16-02-2015 22:28 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގައި، ސްޕެޝަލް ރިކޮގްނިޝަން އެވޯޑު ހޯދި ކުޑަ އިއްސެއާ އެ އެވޯޑު ހަވާލުކުރަނީ..-- ހަވީރު ފޮޓޯ 16-02-2015 22:28 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގައި، ސްޕެޝަލް ރިކޮގްނިޝަން އެވޯޑު ހޯދި ޖާވިދުއާ އެ އެވޯޑު ހަވާލުކުރަނީ..-- ހަވީރު ފޮޓޯ 16-02-2015 22:27 ހަވީރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އައިމިނަތު އަރީޝާ އާއި މަރިޔަމް އަޒީފާ އަދި ހައްވާ ޝަހާ. 16-02-2015 22:24 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގެ ތެރެއިން..-- ހަވީރު ފޮޓޯ 16-02-2015 22:21 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގެ ތެރެއިން..-- ހަވީރު ފޮޓޯ 16-02-2015 22:21 މިހާރު ކުރިއަށްދަނީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރު އެސްޓީއޯގެ ވީޑިއޯ ޕްރޮފައިލެއް. 16-02-2015 22:19 މިދިޔަ އަހަރުގެ އޭޝިއަން ގޭމްްސްގެ 100 އަދި 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރުކުރި ހަސަން ސާއިދު އަށް ހާއްސަ އިނާމް ދިނުން. ސާއިދު މި ވަގުތު ތަމްރީން ހެދުމަށް ޖެމެއިކާގައި ހުރުމުން ސާއިދުގެ ފަރާތުން އިނާމާ ހަވާލުވީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް. އޭނާއާ އިނާމް ހަވާލުކުރެއްވީ އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް އިބްރާހިމް އިސްމާއިލް. 16-02-2015 22:17 ސްޕޯޓްސް އެވޯޑްސް ހަފުލާގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރު ބައިވެރިވަނީ.-- ހަވީރު ފޮޓޯ 16-02-2015 22:16 މިހާރު ކުރިއަށްދަނީ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން 12 އަހަރު ހޯދާފައިވާތީ މުއީނާ މުހައްމަދަށް ހާއްސަ އިނާމް ދިނުން. 16-02-2015 22:16 މި ތިން ރާޅާއެޅުންތެރިންނަށް އެވޯޑް ހަވާލުކޮށްދެއްވީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެސޯސިއޭޓް ޕާޓްނަރު ތިންކް އެޑްވަޓައިޒިންގެ މެނޭޖިން ޑިރެކްޓަރު އަދީލް އިސްމާއިލާއި ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޗީފް ޖަޖް މުހައްމަދު މާހިދު ޝަރީފް އަދި ޕްރޮފެސަރު ހަސަން އުގެއިލް. 16-02-2015 22:13 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގެ ތެރެއިން..-- ހަވީރު ފޮޓޯ 16-02-2015 22:12 މި އެވޯޑް ލިބެނީ މިދިޔަ އަހަރު މެލޭޝިއާގައި ބޭއްވި އަށް ވަނަ މޮންސޫން މޭހަމް އިންޓަނޭޝަނަލް ސާފިން ޗެލެންޖުގެ ބޮޑީބޯޑިން އިވެންޓުން ޗެމްޕިއަންކަން އަލީ ހުޝްރުވާން (ކުޑަ އައްޔަ)، މިދިޔަ އަހަރު މެލޭޝިއާގެ ޓިއޮމަން އައިލެންޑްސްގައި ބޭއްވި ޓިއޮމަން ސާފިން ފެސްޓިވަލުގެ ބޮޑީބޯޑިން ބައިން ޗެމްޕިއަންކަން ހޯދި އަލީ ޖާވީދު އަދި މިދިޔަ އަހަރު އިންޑިއާގެ ޗެންނާއީގަައ އޮތް ދަ ކޮވެލޯންގް ޕޮއިންޓް ކްލެސިކް ސާފިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އަށް. 16-02-2015 22:12 މިހާރު ކުރިއަށްދަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން އެއް ވަނަ ހޯދާފައިިވާ ތިން ރާޅާއެޅުންތެރިންނަށް އިނާމް ދިނުން. 16-02-2015 22:10 ހަވީރު ސްޕޯޓްސް އެވޯޑްސްއާ ގުޅޭ ގޮތުން، ހަވީރުގެ އެޑިޓަރު މޫސާ ލަތީފް ވާހަކަދައްކަވަނީ..-- ހަވީރު ފޮޓޯ 16-02-2015 22:06 ހަވީރުގެ ޓޮޕް ކަސްޓަމާ އެވޯޑް ލިބުނު ފަރާތްތަކާ ހަވީރުގެ ޗެއާމަން ޑރ. ޒާހިރު އެ އެވޯޑު ހަވާލުކޮށް ދެއްވަނީ: މި އެވޯޑް ހޯދީ އެސްޓީއޯ، އުރީދޫ، އައިލެންޑް އޭވިއޭޝަން، ދިރާގު، ބީއެޗްއެމް..-- ހަވީރު ފޮޓޯ 16-02-2015 22:06 ހަވީރުގެ ޓޮޕް ކަސްޓަމާ އެވޯޑް ލިބުނު ފަރާތްތަކާ ހަވީރުގެ ޗެއާމަން ޑރ. ޒާހިރު އެ އެވޯޑު ހަވާލުކޮށް ދެއްވަނީ: މި އެވޯޑް ހޯދީ އެސްޓީއޯ، އުރީދޫ، އައިލެންޑް އޭވިއޭޝަން، ދިރާގު، ބީއެޗްއެމް..-- ހަވީރު ފޮޓޯ 16-02-2015 22:06 ހަވީރުގެ ޓޮޕް ކަސްޓަމާ އެވޯޑް ލިބުނު ފަރާތްތަކާ ހަވީރުގެ ޗެއާމަން ޑރ. ޒާހިރު އެ އެވޯޑު ހަވާލުކޮށް ދެއްވަނީ: މި އެވޯޑް ހޯދީ އެސްޓީއޯ، އުރީދޫ، އައިލެންޑް އޭވިއޭޝަން، ދިރާގު، ބީއެޗްއެމް..-- ހަވީރު ފޮޓޯ 16-02-2015 21:58 ސްޕޯޓްސް އެވޯޑްސް ހަފުލާ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން، އެވޯޑުގެ ތިން ޕާޓްނަރުން ކަމަށްވާ އެސްޓީއޯ އާއި މޯލްޑިވިއަން އަދި އުރީދޫގެ އިސްވެރިން ވާހަކަދައްކަވަނީ.-- ހަވީރު ފޮޓޯ 16-02-2015 21:58 ސްޕޯޓްސް އެވޯޑްސް ހަފުލާ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން، އެވޯޑުގެ ތިން ޕާޓްނަރުން ކަމަށްވާ އެސްޓީއޯ އާއި މޯލްޑިވިއަން އަދި އުރީދޫގެ އިސްވެރިން ވާހަކަދައްކަވަނީ.-- ހަވީރު ފޮޓޯ 16-02-2015 21:58 މިހާރު ކުރިއަށްދަނީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރު މޯލްޑިވިއަންއާ ބެހޭ ވީޑިއޯ ޕްރޮފައިލެއްް ދެއްކުން. 16-02-2015 21:57 ހަވީރުގެ ޓޮޕް ކަސްޓަމާ އެވޯޑް ލިބެނީ އެސްޓީއޯ، އުރީދޫ، އައިލެންޑް އޭވިއޭޝަން، ދިރާގު، ބީއެޗްއެމް. 16-02-2015 21:55 މިހާރު ކުރިއަށްދަނީ ހަވީރުގެ ޓޮޕް ކަސްޓަމަރުންގެ އެވޯޑް ދިނުން. މި އެވޯޑް ހަވާލުކޮށްދެއްވަނީ ހަވީރުގެ ޗެއާމަން މުހައްމަދު ޒާހިރު ހުސެއިން. 16-02-2015 21:53 ސްޕޯޓްސް އެވޯޑްސް ހަފުލާގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ބައިވެރިވަނީ.-- ހަވީރު ފޮޓޯ 16-02-2015 21:50 ހަފުލާ ހުށަހަޅައިދޭ ހަވީރުގެ އާސިޔަތު މުހައްމަދު ސައީދު، ޓީވީއެމްގެ ހަމްޒާ ރަޝީދު އަދި ހަފްސީ އަބްދުﷲ. 16-02-2015 21:47 ސްޕޯޓްސް އެވޯޑްސް ހަފުލާ ފެށުމުގެ ގޮތުން އުނޫޝާ ލަވައެއް ހުށަހަޅައި ދެނީ.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން 16-02-2015 21:43 ހަފުލާގެ ބައިވެރިންނަށް މަރުހަބާ ކިޔުމަށް، ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތިން ޕާޓްނަރުން ކަމަށްވާ އުރީދޫ އާއި އެސްޓީއޯ އަދި މޯލްޑިވިއަންގެ އިސްވެރިން، މިހާރު ތިއްބެވީ ސްޓޭޖް މަތީގައި. މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އާއި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވަނީ ހަފުލާގެ ބައިވެރިންނަށް މަރުހަބާ ކިޔައިފައި. 16-02-2015 21:40 ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާ އަށް ރާއްޖޭގެ ކުޅިވަރުގެ އިސްވެރިންނާއި ތަރިން ވަނީ ހާޒިރުވެފައި. 16-02-2015 21:35 ސްޕޯޓްސް އެވޯޑްސް ހަފުލާ އަށް ޔޫތު މިނިސްޓަރު މަލީހް ވަޑައިގެންނެވުމުން، ހަވީރުގެ ޖެނެރަލް މެނޭޖަރު އަބްދުއްރަޝީދު މަރުހަބާ ދަންނަވަނީ.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން 16-02-2015 21:34 ސްޕޯޓްސް އެވޯޑްސް ހަފުލާ އަށް ޓޫރިޒަމް މިނިސްޓަރު އަދީބު ވަޑައިގެންނެވުމުން، ހަވީރުގެ ޗެއާމަން ޑރ. ޒާހިރު މަރުހަބާ ދަންނަވަނީ.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން 16-02-2015 21:33 ހަވީރު ސްޕޯޓްސް އެވޯޑް ހަފުލާ ފެށުމުގެ ގޮތުން މިހާރު ކުރިއަށްދަނީ މަޝްހޫރު ލަަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ގެ ޕާފޯމަންސެއް. އޭނާ ލަވަކިޔާއިރު، ނެށުމުގެ ހަރަކާތެއް ވެސް ކުރިއަށްދޭ. 16-02-2015 21:32 ރާއްޖޭގައި ދޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ކަމަށްވާ ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ހަފުލާގެ ލައިވް ކަވަރޭޖަށް މަރުހަބާ. ރާއްޖޭގައި ދޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ކަމަށްވާ ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ހަފުލާގެ ލައިވް ކަވަރޭޖަށް މަރުހަބާ. މި ހަފުލާގައި ފުޓްބޯޅަ އާއި ވޮލީބޯޅައިގެ އެވޯޑްތައް ދޭނެ އެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިން މިދިޔަ އަހަރު ހޯދި ކާމިޔާބީ ފާހަގަކޮށް ދިގު މުއްދަތަކަށް ކުޅިވަރަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރާނެ އެވެ. ޓީވީއެމް އިން ވަގުތުން ދައްކަމުންދާ ރާއްޖޭގެ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ދިނުމުގެ ހަފުލާގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ އެވެ. މިރޭގެ ހަފުލާގައި ރާއްޖޭގެ މަޝްހޫރު ގިޓަރިސްޓް ފަސީ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ގެ ހަރަކާތްތައް އޮންނާނެ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުންނަކީ އުރީދޫ އާއި މޯލްޑިވިއަން އަދި އެސްޓީއޯ އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ސީހައުސް، އެމްއެޗްްއޭ އަދި ސޮނީ ސްޕޯޓްސް އެވެ. މީޑިއާ ޕާޓްނަރަކަށް އެމްބީސީ ހަމަޖައްސާފައިވާއިރު ކޭޓަރިން ޕާޓްނަރަކީ ސަލްސާ ކޭޓަރިން އެވެ. އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ