ޖީއެމްއާރު މައްސަލައިގައި ހައްލެއް ހޯދާ ދިނުމަށް އިންޑިއާގެ ވިޔަފާރިވެރިންގެ މައި ޖަމިއްޔާއިން ގޮވާލައިފި

އިބްރާހީމު ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓު ހިންގުމަސށް އިންޑިއާގެ ޖީއެމްއާރާއި އެކު ވެފައިވާ އެއްބަސްވުން އުވާލާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެމައްސަލައިގެ ތެރެއަށް އިންޑިއާ ސަރުކާރުން ވަނުމަށް އެގައުމުގެ ވިޔަފާރިވެރިންގެ މައި ޖަމިއްޔާ \"އެސޯސިއޭޓެޑް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް އިންޑިއާ\" އެސޮކާމްއިން ގޮވާލައިފިއެވެ.
އެސޮކާމްއިން އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެއްބަސްވުން އުވާލުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ބައިނަލް އަގުވާމީ ކޮންސެޝަން އެގްރިމެންޓަތަކާއި ބެހޭ އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެކެވެ. އެހެން ކަމުން މިމައްސަލައިގެ ތެރެއަށް ވަދެ ޖީއެމްއާރަށް އިންޑިއާ ސަރުކާރުން އިންސާފު ހޯދާ ދޭން ޖެހޭ ކަމަށް އެސޮކާމްއިން ބުނެފައިވެއެވެ.
ޖީއެމްއާރު މައްސަލައިގެ ތެރެއަށް ވަދެ ހައްލު ހޯދާ ދިނުމަށް އިންޑިއާ ސަރުކާރަށް އެސޮކާމުއިން ގޮވާލާފައިވާ އިރު، ޖީއެމްއާރު މައްސަލާގައި މަޝްވަރާކޮށްގެން ހައްލު ހޯދުމުގެ ފުރުސަތު އެކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ބުނެ ދިއްލީގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއަށް އެސޮކާމުގެ ސެކެރެޓަރީ ޖެނެރަލް ޑީ އެސް ރަވަޓް ލިޔެފައިވާ ކަމަށް ވެސް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ