ހުޅުމާލޭގެ ބޮޑު ބަޔަކުން މާދަމާ ކަރަންޓު ކެނޑިދާނެ : ސްޓެލްކޯ

ހުޅުމާލޭގެ ބޮޑު ބަޔަކުން މާދަމާ ދިހަ ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑައިގެން ހިންގައިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މާދަމާ ހެނދުނު އަށަކުން އިރުއޮއްސި ހަޔަކަށް ކަރަންޓް ކަނޑައިގެން ގޮސްދާނެ ކަމަށް ބުނެ ހުޅުމާލޭގެ ބޮޑު އާބާދީއަކަށް އެކަން އަންގާފައިވާތީ ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެނޯޓިސްއަކީ ހުޅުމާލޭގައި ހުންނަ އިންޖީނުގޭގެ ޓްރާންސްފޯމަރެއް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ ކަރަންޓް ކަނޑައިގެން ގޮސްދާނެތީ ފޮނުވާފައިވާ ނޯޓިސްއެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ދިހަ ގަޑި އިރަށް ކަރަންޓް ކަނޑައިގެން ގޮސްދާނެ ކަމަށް ނޯޓިސްގައި ބުނެފައިވީ ނަމަވެސް ކަރަންޓް ކަނޑައިގެން ނުގޮސް ވެސް އޮވެދާނެ ކަމަށެވެ. ނަމަވެސް ކަރަންޓް ކަނޑައިގެން ހިގައްޖެ ނަމަ އެކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް ސަމާލުވުމަށް އެންގީ ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ އިންޖީނުގޭގައި ހުންނަ ދެ ޓްރާންސްފޯމަރުގެ ތެރެއިން އެއް ޓްރާންސްފޯމަރަށް މައްސަލަތަކެއް ދިމާވެފައިވާތީ އެޓްރާންސްފޯމަރު ބޮޑު އެއްޗަކަށް ބަދަލު ކުރުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ