ސިވިލްސާވިސްގެ އާއިލީ ހަވީރު ބާއްވައިފި

ސިވިލް ސާވިސް މުވައްޒަފުންގެ އާއިލީ ހަވީރުގެ ނަމުގައި މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.
ސިވިސާވިސް ދުވަހާ ގުޅުވައިގެން ސިވިލް ސާވި ކޮމިޝަން (ސީއެސްސީ) އިން މިއަދު އާއިލީ ހަވީރެއް ބާއްވާފައި ވަނީ މާލޭ ޓްރެކް ދަނޑުގަ އެވެ.
ގިނަ އަދަދެއްގެ އާއިލާތައް ކުޑަކުދިންނާއެކު އެއްތަންވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ހޯދައި ދިނުމުގެ މަގްސަދުގައި ބޭއްވި ހަވީރަށް ގިނަ އަދަދެއްގެ އާއިލާތައް ދިޔަ އެވެ. ހުރިހާ މިނިސްޓްރީތަކާއި މުއައްސަސާތައް ވެސް ބައިވެރިވި ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދި އެވެ.
މިރޭ ސިވިލް ސާވިސް މުވައްޒަފުންގެ މިއުޒިކް ޝޯއެއް ބާއްވަން ވެސް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ