ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ޝާނުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ން މައްސަލަ ފޮނުވާފައިވާކަމަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެމައްސަލަ އަދި ކްރިމިނަލް ކޯޓުން ބަލައިގެންފައި ނުވާކަމަށާއި ނަމަވެސް އެމައްސަލަ ބަލައިގަތުމުގެ ކަންތައްތައް ކުރިއަށް ދާކަމަށެވެ. އެހެންކަމުން އަލީ ޝާން ގެ މައްޗަށް ކުރާދައުވާ ސާފުވާގޮތް އަދިވަނީ ނުވެފައެވެ.
މިހާރުވެސް އަލީ ޝާން ހުރީ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާތީ ފުލުހުންގެ ހައްޔަރުގައެވެ.
މީގެ އިތުރުން ޑރ.އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ބައިވެރިވި ކުޑަކުއްޖާގެ މައްޗަށްވެސް ދައުވާކުރަން ޖުވެނިއަލް ކޯޓަށް ފޮނުވާފައިވާފައިވެއެވެ. އެކުއްޖާއަކީ އަފްރާޝީމް އަވަހާރަ ކޮށްލި ރޭ ފާރައަށް ހުރި ކުއްޖެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކުއްޖާގެ މައްޗަށް ދައުވާކުރަނީ ދޮގުހެކި ދިންކަމުގެ ދައުވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
އަފްރާޝީމް އަވަހަރާކޮށްލުމުގެ ކުށުގައި އަލީ ޝާނުގެ މައްޗަށް ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ