ތަރައްގީ ގައިމު ކުރެވޭނީ ގާސިމް އިބްރާހީމާ ވެރިކަން ހަވާލުކޮށްގެން: ޖޭޕީގެ މެމްބަރުން

ދިވެހިރާއްޖެ ތަރައްގީ ކޮށްދެއްވުމަށް ގާސިމް އިބްރާހިމް ވެވަޑައިގަންނަވާ ކޮންމެ ވައުދަކީ ސަތޭކަ ޕަސެންޓް މުޖައްރިބް ވައުދެއް ކަމަށް އެޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީންގެ އިތުރުން ރޭ ހައްދުންމަތީގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާ ވާހަކަފުޅު ދެއްކެވި ގިން ބޭފުޅުން ވިދާޅުވީ ގާސިމް އިބްރާހިމަކީ އާދަޔާ ޚިލާފް ވިސްނުން ތޫނު ސިކުނޑިފުޅެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށާއި، ދިވަހިރާއްޖޭގެ ތަރައްގީ ގައިމު ކުރެވޭނީ ގާސިމް އިބްރާހިމާ ވެރިކަން ހަވާލުކޮށްގެން ކަމަށެވެ.
ރޭ ޖުމްހޫރީ ޕާޓީން ލ.އަތޮޅުގައި ބޭއްވި ތަރައްގީ ގައިމު ހައްދުން މަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ވިދާޅުވީ ދިވެހިރާއްޖެ ތަރައްގީކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެވަދައިގަންނަވާ ކޮންމެ ވައުދަކީ ސަތޭކަ ޕަސެންޓް މުޖައްރިބް ވައުދެއް ކަމަށާއި، އެމަނިކުފާނުގެ ކޮންމެ ވައުދަކީ ފުއްދަވައިދެއްވާނެ ވައުދެއް ކަމަށެވެ.
ރާއްޖޭގެ ތަރައްގީ އަށް މަގުފަހިކޮށްދެއްވުމަށް ގާސިމް އިބްރާހިމް މިހާރު ވެސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ކަމަށް އަމީން ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީއާ ބަދަލު ގެނެސްދެވޭނީ ގާސިމް އިބްރަހިމްގެ ފިކުރާ އެމަނިކުފާނުގެ ވިޝަންއާއެކު ކުރިއަށް ގޮސްގެން ކަމަށް ޕާޓީގެ ނައިބު ރައީސް އަމީން ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ތަރައްގީއަށް ފެންބޮވައިގެންފައިވާއިރު، އެތަރައްގީ ހޯދުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަންޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.
ރޭ ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ފުއާދު ގާސިމް ވިދާޅުވީ މިގައުމުގެ ތަރައްގީ ގައިމުކޮށްދެވޭނެކަން ޔަގީންކަމާއެކު ކަށަވަރުކޮށްދެވިފައިވާ ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު މޫސާ ރަމީޒް ވިދާޅުވީ ގާސިމް އިބްރާހިމް ވެވަޑަިގަންނަވާ ވައުދުތަކަކީ ތޯތޯ ވައުދުތަކެއް ނޫން ކަމަށާއި، ތަރައްގީ ގައިމު ކުރެވޭނީ ގާސިމް އިބްރާހީމާ މިގައުމު ހަވާލުކޮށްގެން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސް މޫސާ އަންވަރު ވިދާޅުވީ ގާސިމް އިބްރާހިމަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ ގާބިލް ކެންޑިޑޭޓް ކަމަށާއި، މިހާރުވެސް ގައުމަށް ގިނަ ޚިދުމަތަތަކެއް ކުރައްވަމުންގެންދަވާ ގާސިމް އިބްރާހީމަށް ވެރިކަމުގައި ހުންނައިވައިގެން ގައުމަށް އިތުރަށް ޚިދުމަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ލ.އަތޮޅުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އަދުހަމް ވިދާޅުވީ ތަރައްގީ ގައިމު ކުރުމަށްޓކައި ގާސިމް އިބްރާހިމް ބާރުވެރިކުރުވާ އެމަނިކުފާނު ވެރިކަމަށް ގެންނަންޖެހޭ ކަމަށެވެ.
މިޖަލްސާގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންގެންނެވި އެމްޑީޕީގެ ކުރީގެ އެކްޓިވިސް އަމްސޫދާ ވިދާޅުވީ މިގައުމު މިހާރު އޮތް ހާލަތުން ސަލާމްތް ކޮށްދެވޭނެ ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށެވެ.
ރޭ ޖުމްހޫރީ ޕާޓީން ހައްދުންމަތީގައި ބޭއްވި ޖަލްސާގައި ގިނަ އަދެއްގެ ބަޔަކު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ގާސިމް އިބްރާހިމްގެ ފިކުރާއެކު ކުރިއަށް ވަޑައިގެންނެވުމަށް ނިކުންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ