"ހަވީރު"ގެ ސުނާމީ ކަވަރޭޖް، ގިނަ ހަނދާންތަކެއްގެ ތެރެއަށް

ސުނާމީގައި ގެއްލުން ލިބުން ރަށްތައް އަންގައިދޭ ގްރާފެއް ދެ ދަރިން މަރުވުމުގެ ހިތާމަ ލިބިފައިވާ ދެމަފިރިންނެވެ. އުރާލައިގެން ހުރި ދަރިފުޅު އޮޔާ ގޮސް ގެއްލުނުކަމުގެ ވޭނުގައި އުޅުނު މަންމައެކެވެ. ނުކުޅެދުންތެރިކަން ހުރި ދަރިފުޅު ސަލާމަތްކުރަން ހިތްވަރުކުރި މައެއްގެ ވާހަކަ އެވެ. ނުވަ މަހުގެ ދަރިފުޅުގެ ހިމާޔަތަށް އަންހެނަކު ލޮނުގަނޑުގައި ހޭދަކުރި ވަގުތެވެ. އަނބިމީހާ އާއި ތިމާގެ ހަ މެމްބަރަކު ގެއްލުނު ހިތްދަތި ތަޖުރިބާ އެވެ. ފަޅުވެފައިވާ ކަނދޮޅުދޫން ގެނެސްދިން ހަނދާންތަކެވެ. ވިލުފުށި އަލުން އާބާދުކޮށްފައި ވިޔަސް، ރައްޔިތުންގެ ހިތުގައި އޮތް ބިރުވެރިކަމެވެ. ތ. އަތޮޅަށް ދިޔަ ކަވަރޭޖް ޓީމުގެ އަލީ ނާފިޒު (ކ) އާއި ހުސެން ފިޔާޒު މޫސާ ވަރުބަލިފިލުވާލަނީ މިއީ "ހަވީރު"ގެ ސުނާމީ ކަވަރޭޖް ޓީމުތައް ރާއްޖޭގެ ތިން ސަރަހައްދަކަށް ކުރި ދަތުރުތަކުގައި ލިއަން ހުރި ވާހަކަތަކެވެ. ބައްދަލުވި މީހުންގެ ހަނދާނުގެ ސަފުހާތަކެވެ. އެ ބިރުވެރި، އެ ބިޔަ ލޮނުގަނޑު ރާއްޖޭގެ ބައެއް ރަށްތައް ދޮވެލިތާ 10 އަހަރު ވީއިރު ވެސް ބައެއް މީހުންގެ ހަނދާނުގައި އެއީ އިއްޔެ ވީ ކަމެއް ފަދަ އެވެ. ވަގުތަކީ ފަރުވާއެކެވެ. އެހެންކަމުން ގިނަ މީހުންނަށް މިހާރު އެ ދުވަހުގެ ވާހަކަތައް ކުރިއަށް ވުރެ ތަފްސީލުކޮށް، ހަމަޖެހިލައިގެން ކިޔައިދެވެ އެވެ. އަނެއް ބައެއްގެ ލޮލުން އަދިވެސް އަންނަނީ ކަރުނަ އެވެ. މިހާރު ފަޅުވެފައިވާ ރ. ކަނދޮޅުދު އަށް "ހަވީރު" ޓީމު ޒިޔާތްކުރަނީ ޑިސެމްބަރު 26، 2004 ގައި އިންޑިއާ ކަނޑުގައި އުފެދުނު ސުނާމީ އަކީ ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ގެއްލުން ބޮޑު، އެންމެ ހިތާމަވެރި ގުދުރަތީ އެއް ކާރިސާ އެވެ. ރާއްޖޭގެ ތާރީޚުގައި ވެސް އެވަރުގެ ގެއްލުމެއް ދިމާވިކަން އެނގޭކަށް ނެތެވެ. ލިއުންތަކަކުން ނުފެނެ އެވެ. ސުނާމީ އަކީ އެދުވަހުގެ ކުރިން ދިވެހިން ދަންނަ ލަފުޒެއް ނޫނެވެ. ރަށްރަށަށް ބިންދާ ރާޅުތައް ދިވެހިންނަށް ކުރިން އެނގެނީ އުދައިގެ ގޮތުގަ އެވެ. އެކަމަކު އެދުވަހަށް ފަހު ސުނާމީ ވަނީ ދިވެހި ރަދީފަށް ވެސް ވަދެފަ އެވެ. ވިލުފުށީގައި "ހަވީރު" ކަވަރޭޖް ޓީމުގެ ދެ މެމްބަރަކު މަންޒަރުތަކެއް ނަގަނީ ސުނާމީ އަށް ފަހު އެދުވަސްވަރު ވެސް "ހަވީރު"ގައި ގިނަ ވާހަކަތަކެއް ލިއުނެވެ. އޭގެ 10 އަހަރު ފަހުން އަނެއްކާވެސް ބައެއް ރަށްރަށަށް ޒިޔާރަތްކޮށް، ތިން ޓީމަކުން، ތަފާތު އެކި މީހުންނާ ބައްދަލުކުރި އެވެ. އެގޮތުން ލ. މުންޑު އާއި ތ. ވިލުފުށި އަދި ރ. ކަނދޮޅުދޫ އާއި ދުވާފަރަށް ދިޔަ އެވެ. އެއިން ކޮންމެ ރަށަކުން ވެސް ސުނާމީގެ ފޮހެވެން ނެތް ހަނދާންތަކުގެ ތެރެއަށް، އެކަން ތަޖުރިބާކުރި މީހުންނާއި "ހަވީރު"ގެ ލިއުންތެރިންނަށް ވަދެވުނެވެ. ތ. އަތޮޅަށް ދިޔަ ކަވަރޭޖް ޓީމުގެ މުހައްމަދު ޝަރުހާން ފޯނެއްގައި "ސުނާމީ އަށް 10 އަހަރު" ކަވަރޭޖް ކުރިއަށް ދާނީ ތިން ދުވަހަށެވެ. އެގޮތުން ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ތަފާތު ރިޕޯޓްތަކާއި ފޮޓޯތައް ކިއުންތެރިންނާ ހަމައަށް ގެނެސްދޭނެ އެވެ. އަދި ބައެއް ވީޑިއޯތައް ވެސް ހިމަނާފައިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ