ކުރީގެ މަޖިލިސް މެމްބަރު އީސަ އޭޑީކޭގައި އެޑްމިޓް ކޮށްފި

މިމަހު އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަހުމަދު އީސަ އޭޑީކޭގައި އެޑްމިޓް ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 06:00 ހާއިރު ކަމަށެވެ. ނަމަވެސް އެޑްމިޓް ކުރީ ކީއްވެ ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.
ނަމަވެސް ވަގުތަށް އެނގިފައިވާ ގޮތުގައި އީސަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ޓެސްޓެއް ހެދުމަށެވެ. އަދި އެ ޓެސްޓު ހެދުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.
އީސަ މިއަދު ހޮސްޕިޓަލުގައި އެޑްމިޓްކުރި އިރު އޭނާ ހުރީ ފުލުހުންގެ ހައްޔަރުގައި އެވެ. އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. ނަމަވެސް މި މުއްދަތުގައި މިއީ އޭނާ ޑޮކްޓަރަށް ދެއްކި ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ދައްކާފައިވަނީ އޭއެމްޑީސީގެ ސްޕެޝަލިސްޓު ޑޮކްޓަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ