މަޖިލިސް މެމްބަރުންނަށް ވޯޓްދިން ރައްޔިތުންގެ ހައްގުތައް އެއްވެސް ފަރާތެއްގެ ގަލަމަކުން ނިގުޅައިނުގަނެވޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
No one can with a stroke of a pen negate the wish of so many voters who had elected their candidate to the Majlis!
ރައީސް މައުމޫނު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށް ފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.
އެމަނިކުފާނުގެ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަބަދުވެސް ތާއީދުކުރައްވާނީ ކޮންމެ ހާލަތެއްގައި ވެސް އެކަމެއްގައި އޮންނަ އެންމެ ރަނގަޅު ގޮތަކަށް ކަމަށާއި އަދި ދުވަހަކު ވެސް ނުހައްގުން ކުރާ ކަމަކުން ލިބޭ ފާއިދާއަކަށް ތާއީދެއް ނުކުރައްވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައި ވެއެވެ.
Always support what is right whatever the consequences. Never support what is wrong whatever the benefits.
ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި އާންމު ރައްޔިތުންނާއި ސިޔާސީ އެކި އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ހޯމަ ދުވަހުގެ އަޑުއެހުން ނިންމާލީ ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާނު ކުރުމެއް ނެތި އެވެ. އަދި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުން އެއްވެސް ސުވާލެއް ވެސް ކުރައްވާފައި ނުވެ އެވެ.
ދައުވާ ލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ބެންޗަކުންނެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ތިން ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބެއްލެވި ނަމަވެސް، މީގެ ކުރިން މިފަދަ ދުސްތޫރީ މައްސަލަތައް ބައްލަވާފައި ވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗަކުންނެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ރައްޔިތުންގެ ހައްގުތައް އެއްވެސް ފަރާތެއްގެ ގަލަމަކުން ނިގުޅައިނުގަނެވޭނެ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ