މެމްބަރުން ވަކިކުރަން އިތުރު ތަރުޖަމާއެއް ބޭނުމެއް ނުވޭ: ރައީސް މައުމޫނު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ނުވަތަ މަޤާމުން ވަކިކުރެވޭނެ ހާލަތްތައް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށާއި އެކަމަށް އިތުރު ތަރުޖަމާއެއް ބޭނުން ނުވާކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާއާއި ހަވާލާދެއްވައި ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މަޖިލިސް މެމްބަރުން މެމްބަރުކަމުން ވަކިވާ ހާލަތްތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި އުތުރު ތަރުޖަމާއެއް ބޭނުން ނުވާ ކަމުގައެވެ.RMajlis menbarun menbaru kamun vakivaa haalath thah QA gai varah saafukoh bayaan koffaivey. Ithuru tharujamaa eh beynumeh nuvey pic.twitter.com/KCvCNO09QR— Maumoon Abdul Gayoom (@maumoonagayoom) July 11, 2017ރައީސް މައުމޫނު މިހެން ވިދާޅުވިއިރު އިންތިހާބުވި ޕާޓީން ވަވިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީގެ ވިޕްލައިނާއި ހިލާފުވެއްޖެ ނަމަ މެމްބަރުކަން ގެއްލޭނެކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުންވަނީ ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ