މެންބަރު އަހުމަދު ރަޝީދު ފުލުހުންނަށް ޝަކުވާތަކެއް ހުށަހަޅުއްވައިފި

އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ރޭ ފުލުހުންނަށް ޝަކުވާތަކެއް ހުށަހަޅުއްވައިފިއެވެ.
ރަޝީދު ހުށަހެޅުއްވީ ކޮން ޝަކުވާތަކެއްކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެ މައްސަލަތަކާއި ގުޅިގެން މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.
ފުލުހުންނަށް އަހުމަދު ރަޝީދު މައްސަލަތަކެއް ހުށަހަޅުއްވާފައިވާ އިރު، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އޭނާގެ ނަމުގައި ކޮށްފައިވަނީ ސައްހަ ނޫން ސޮއެއް ކަމަށް އަހުމަދު ރަޝީދުވަނީ ވިދާޅުވެފައެވެ.
އެ މައްސަލަ އަހުމަދު ރަޝީދުވަނީ މަޖިލީހުގެ ރައީސަށް ވެސް ހުށަހަޅުއްވާފައެވެ. އެ މައްސަލާގައި އަހުމަދު ރަޝީދު ސޮއި ނުކުރައްވާ ކަމަށް ވިދާޅުވެފައިވާ އިރު އޭނާ އެ އެ މައްސަލާގައި ސޮއި ކުރަން އިންނަވަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް ވަނީ އާއްމުކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ފޮޓޯގެ އިތުރުން ވީޑިއޯ ވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ