ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ފުލުސް އޮފީހަށް ހާޒިރުވާން ފުލުސް އޮފީހުން އޭނާ އަށް އަންގައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވާ އާޒިމް ކުރެއްވި ޓްވީޓެއްގައިވާ ގޮތުން އޭނާ އަށް އަންގާފައިވަނީ މާދަމާ މެންދުރު ފުލުސް އޮފީހަށް ހާޒިރުވުމަށެވެ. އެކަމަކު އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
އާޒިމް ފުލުހަށް ހާޒިރުވާން އެންގި އިރު ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އިއްޔެ ވަނީ ޗިޓް ފޮނުވައިފަ އެވެ. އަދި ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ ޕާސްޕޯޓް ވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.
އިދިކޮޅު ދެ މެމްބަރަކު ފުލުހަށް ހާޒިރު ކުރާ އިރު އިދިކޮޅު ކޯލިޝަންގެ 12 މެމްބަރެއްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ. އެ މެމްބަރުންނަށް ދައުވާކުރަނީ މިދިޔަ ޖުލައި މަހުު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަން މައްސަލައިގަ އެވެ.
މެމްބަރު އާޒިމް ވެސް ފުލުހަށް ހާޒިރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ