މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތުގައި މުޅިން އަލަށް ވާދަކުރާ ކޭޕް ވާޑުން ކުޅުނު ދެ ވަނަ މެޗުގައި މުބާާރާތުގެ ޗެމްޕިއަންކަން ދެ ފަަހަރު ހޯދާފައިވާއިވާ އުރުގުއޭއާ 2-2 އިން އެއްވަރުކޮށްފި އެވެ.
ވޯލްޑް ކަޕްގައި މުޅިން އަލަށް ކުޅުނު މެޗުގައި ކޭޕް ވާޑުން ވަނީ 0-0 އިން ޔޫރަޕްގެ ޗެމްޕިއަން، ސްޕެއިނާ ވެސް އެއްވަރުކޮށްފި އެވެ. އެ މެޗުގައި ކޭޕް ވާޑަށް ލަނޑެއް ޖެހޭގޮތް ނުވި ނަމަވެސް، އުރުގުއޭ ކައިރިން ފުރަތަަމަ ލީޑުނެގި އެވެ. އެކަމަކު، އުރުގުއޭ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލުމުން އަލުން ލަނޑު ޖަހައި އެ ޓީމާ އެއްވަރުކުރި އެވެ.
އުރުގުއޭ އިން ކުޅުނު ފުރަަތަމަ މެޗުން ސައުދީ އަރަބިއްޔާއާ ވީ 1-1 އިން އެއްވަަރެވެ. އެހެންވެ، ކޭޕް ވާޑްއާ ދެކޮޅަށް ނުކުތީ މޮޅެއް ހޯދުމުގެ އަޒުމުގަ އެވެ. އެކަމަކު، މި މެޗު ފަށައިގެން، 21 ވަަނަ މިނިޓްގައި ކޭޕް ވާޑުގެ، ކެވިން ޕީނާ ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑުނަގައިދީ އުރުގުއޭ އަށް ސިހުމެއް ގެނެސްފަ އެވެ. މިއީ، ވޯލްޑް ކަޕެއްގައި ކޭޕް ވާޑްގެ ފުރަތަމަ ލަނޑެވެ.
ތަފްސީލް އަންނަނީ....
ކޭޕް ވާޑުން ހިތްވަރު ދައްކައި އުރުގުއޭއާ ވެސް އެއްވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ