ކުޑަކުދިންގެ ދަރުސް : އޭދަރިފުޅާ! ނަމާދު ޤާއިމުކުރޭ! މިއަދު ހަވީރު އިސްލާމީ މަރުކަޒުގަ

” އޭދަރިފުޅާއެވެ! ނަމާދު ޤާއިމުކުރާށެވެ! ” މި ނަމުގައި ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ބާއްވާ ދީނީ ދަރުސެއް މިއަދު ހަވީރު އޮންނާނެއެވެ. މި ދަރުސް އިންތިޒާމް ކުރާ ފަރާތުން ބުނީ މި ދަރުސް އޮންނާނީ މިއަދު ހަވީރު 4:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.ޔާ ބަނީ އަޤިމިއްޞަލާތުގެ ނަމުގައި ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ބާއްވާ މި ދަރުސްގައި ތަޤުރީރު ކުރައްވާނީ އައްޝައިޚް ނިމާލް މުޙައްމަދު ކަމަށް ދަރުސް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދީފައި ވެއެވެ.އެހެން ކަމުން މި ދަރުސްގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރި ކުރުމަކީ ދަރުސް އިންތިޒާމް ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ