މޫސުން ގޯސްވެ އުތުރަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ވައިބާރު ވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ރ.އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މިއެލާޓް ނެރެފައިވަނީ މެންދުރު 12:30އިން އިރުއޮއްސި 18:00 އަށް ނެރެފައިވާ ސަމާލު މެސެޖުގައި ބުނެފައިވަނީ، މިވަގުތުތަކުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވައިގަދަވާނެ ކަމަށާއީ ވިލާ ގަނޑުގައި އިތުރަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށެވެ.
މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެ ކަމަށާއި، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ