އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަހުމަދު އިމާދު ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ބ. އޭދަފުށި، ދިޔަވަރުގެ އަހުމަދު އިމާދު ނަން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުންވާފައެވެ. 
އަހުމަދު އިމާދު މިހާރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރގެ މަގާމުގައެވެ. އަހްމަދު އިމާދަކީ 2010 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި ވަޒީފާ އަދާކުރައްވާ ބޭފުޅެކެވެ. މި މައްސަލަ މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާ ކޮށްފައެވެ.
އަހުމަދު އިމާދު ވަނީ ސައިންސް އިން އިކޮނަމިކްސް އެންޑް ފައިނޭންސްއިން މާސްޓާސް ހައްދަވާފައެވެ.
އަހުމަދު އިމާދުއަކީ މިހާރުވެސް ސީއެމްޑީއޭގެ ބޯޑް މެމްބަރެއްގެ ގޮތުގައި އާއި އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް މެންބަރުކަން ކުރައްވަމުންދާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ