ބޮމާއި ގޮވާޒާތުގެ ތަކެތި ހުރިތޯ ޗެކްކުރުމުގެ ގާބިލުކަން ލިބިފައިވާ ކުއްތާތަކެއް ރާއްޖެ ގެންނަނަ ސަރުކާރުން ނިންމާފައިވާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ދިޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި މިނިސްޓަރު އުމަރު ވިދާޅުވީ މި އަހަރު ތެރޭގައި 16 ކުއްތާ ރާއްޖެ ގެނައުމަށް ނިންމާފައި ވާކަމަށާއި އެ ކުއްތާ ތަކުގެ ތެރޭގައި ގޮވާ ޒާތުގެ ތަކެތި ދެނެގަނެވޭނެ ކުއްތާ ހިމެނޭ ކަމަށެވެ.
އިތުރު 16 ކުއްތާ ގެނައުމަށް ނިންމާފައި ވާއިރު ދިވެހި ފުލުހުންގެ އޮޕަރޭޝަން ތަކުގައި މިހާރުވެސް ކުއްތާގެ ބޭނުން ހިފަ އެވެ. އެ ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ އަލަށް ގެންނަ ކުއްތާތަށް ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ހެދުމަށް ދިވެހި ފުލުހުންގެ ޓީމެއް ބޭރަށް ފޮނުވަންވެސް ނިންމާފައި ވާކަމަށެވެ.
ގޮވާ ޒާތުގެ ތަކެތި ހޯދާ ކުއްތާ ގެންނަން ސަރުކާރުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ