އަދާލަތު ޕާޓިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ، އެޕާޓީގެ ރައީސަކު ހިޔާރުކުރުމުގެ ފުރިހަމަ ބާރު ލިބިގެންވަނީ ޕާޓީގެ އާއްމު މެމްބަރުންނަށް ކަމަށެވެ. އަދި އެކަމަށް ހުރިހާ ފަރާތްތަކުންވެސް އެކަމަށް އިހްތިރާމް ކުރެއްވުމަށް އަދާލަތު ޕާޓީގެ ޓްވީޓްގައި ބުނެފައިވެއެވެ.
އަދާލަތުޕާޓިން މިހެން ބުނެފައިވަނީ އިލެކްޝަން ކޮމިޝަނަށް އާއްމުންގެ ބަޔަކު، ޕާޓީތަކުގެ ރައީސުންގެ މައުލޫމާތު ދެއްވުމަށް ހުށަހެޅި ސިޓީ އެއްގެ ޖަވާބުގައި ، އަދާލަތު ޕާޓީ އަދި އެމްޑީޕީ ގައި ރައީސަކު ނުހުންނާނެ ކަމަށް ބުނެފައިވުމުންނެވެ.
އިލެކްޝަން ކޮމިޝަންއިން ބުނެފައިވަނީ މިދިޔަ އަހަރު ތަންފީޒު ކުރުވެނު ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެކު ، ރައީސް ނަޝީދާއި ޝެއިހް އިމްރާން އަކީ ދެ ޕާޓީއެއްގެ ރައީސުން ކަމަށް އިލެކްޝަން ކޮމިޝަނުން ބަލައި ނުގަންނަ ކަމަށެވެ. އަދި އލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ގާނޫނާއި އެއްގޮތަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފަިއވެއެވެ.
އަދާލަތް ޕާޓީން މިކަމާ ބެހޭ ގޮތުން ޓްވީޓެއް ކޮށްފައި ވީނަމވެސް އެމްޑީޕީއިން މިކަމާ މެދު ވަކި އެއްޗެއް ބުނެފައެއ ނުވެއެވެ.
އަދާލަތު ޕާޓީގެ ރައީސަކު ކަނޑައަޅާނީ އަދާލަތު ޕާޓީގެ އާއްމު ރައްޔިތުން : އަދާލަތު ޕާޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ