ދިރާގުން ގެލެކްސީ އެސް21 ސީރީސްގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފި

ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމަށްވާ ސެމްސަންގް އެސް21 5ޖީ ސީރީޒްގެ ފޯނުތައް ޕްރީއޯޑާ ކުރަން ދިރާގުން ހުޅުވާލައިފި އެވެ. ދިރާގު މެދުވެރިކޮށް އެ ފޯނު ޕްރިއޯޑާ ކުރާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއްވެސް ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ދިރާގުން ޕްރިއޯޑާ ކުރާ ކޮންމެ ފޯނަކާއެކު ކޮންމެ މަހަކު 10 ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ އެވެ. އޭގެ އިތުރުން، ޕްރީއޯޑާ ކުރާ އެސް21 އަދި އެސް21 ޕްލަސްއާއެކު ހިލޭ ސެމްސަންގް ޓެގަކާއި ސެމްސަން ފިޓް 2 ފިޓްނަސް ބޭންޑެއް ލިބޭނެ އެވެ. އެސް21 5ޖީ އަލްޓްރާ ޕްރީއޯޑާ ކުރާ ނަމަ ކޮންމެ ފޯނަކާއެކު ސެމްސަންގް ޓެގަކާއި ގެލެކްސީ ބަޑްސް ލައިވްއެއް ލިބޭނެ އެވެ. ޕްރީއޯޑާ އަގުތައް އެސް21: 18،559 ރުފިޔާ އެސް21 ޕްލަސް 256ޖީބީ: 23،199 ރުފިޔާ އެސް21 އަލްޓްރާ، 256ޖީބީ: 27،859 ރުފިޔާ ސެމްސަންގް އެސް21 ސީރީސްގެ ފޯނުތަކަކީ 5ޖީ ފޯނުތަކެވެ. އެ ފޯނުތަކުން ދިރާގުގެ 5ޖީ ނެޓްވޯކާއި އީސިމްވެސް ސަޕޯޓު ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ