ކުރިއަށް އޮތް 48 ގަޑިއިރު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ކުރިއަށް އޮތް 48 ގަޑިއިރު ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި ވިއްސާރަވެ، ވައިބާރުވާނެ ކަމުގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. އެ އިދާރާއިން ބުނެފައިވަނީ ރާއްޖެ ހިމެނޭ ސަރަހައްދުގައި ޓްރަފްއެއް އުފެދިފައިވާ ކަމުގައެވެ. އަދި މި ޓުރަފުގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުރުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް އެއިދާރާއިން ބުނެއެވެ. ހަމައެހެންމެ ހއ އަތޮޅުން ފެށިގެން ހދ އަތޮޅާ ހަމައަށް ވައި ގަދަވާނެ ކަމަށާއި، އެ ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ. މޫސުން ގޯސްވާނެ ކަމުގައި ބެލެވޭތީ ހުރިހާ ފަރާތްތަކުން އަދި ޚާއްޞަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ. އަދި ބޯކޮށް ވާރެވޭހެނެ ކަމުގައި ލަފާކުރެވޭތީ ކުރިއްސުރެ ފެންބޮޑުވާ ރަށްތަކުގައި ފެންބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައާއި އެ ފަދަ ރަށްތަކުގައި ދިރިއުޅޭ މީހުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން އެދެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ