ނައިބު ރައީސް ހަޔާ އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ނައިބު ރައީސް، ފައިޞަލް ނަސީމް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިދުވަސްވަރު އެޑިއުކޭޝަން މިނިސްޓްރީގައި ދެމުންދާ ޚިދުމަތްތަކާއި ކިޔަވާކުދިންގެ ކަންތައް ކުރިޔަށް ގެންދާ ގޮތާ ބެހޭގޮތުން ބޭއްވުނު މިމަޝްވަރާ ބައްދަލުވުނެ ބޭއްވުނީ އޮންލައިންކޮށެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް މަޝްވަރާ ކުރެއްވި ކަންތައް ތަކުގެ ތެރޭގައި ހަޔަރ އެޑިއުކޭޝަންގެ ދާއިރާގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި ،ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކަންތައްތައް ބަލަހައްޓަވަމުންދާ ގޮތްތަކާއި، އެދަރިވަރުންނަށް މި ހާލަތުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރެވުނެވެ.
ކޮވިޑް-19ގެ ޙާލަތަށްފަހު ހަޔަރ އެޑިއުކޭޝަންގެ ދާއިރާގެ ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންއާއި ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިން މައުލޫމާތު ހިއްސާކުރިއެވެ. އަދި ރާއްޖޭން ބޭރުގައި ޕްރައިވެޓްކޮށް އަދި ސަރުކާރުގެ ސްކޮލަރޝިޕްގައި ކިޔަވަމުންދާ ކުދިންނަށް ދިމާވެދާނެ ފައިސާގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ވިދާޅުވެފައެވެ.
މިފަދަ ވަގުތެއްގައި ހުރިހާ ބޭފުޅުން އެކަކު އަނެކަކާ ގުޅިގެން ސިއްޚީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންތައް ބައްޓަންކޮށް ކުރިޔަށް ގެންދިޔުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ