ނަޝީދު ކޯޓަށް ހާޒިރުކުރަން ހުޅުމާލޭ ކޯޓުން ކުރި އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކޮށްފައިވާ ދައުވާގެ ޝަރީއަތަށް ނަޝީދު ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އެ ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން ނަޝީދުގެ ފަރާތުން މިއަދު ހައި ކޯޓަށް ހުށަހެޅުއްވުމުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެވެން ނެތް ކަމަށް ނިންމައިފި އެވެ.ނަޝީދުގެ މައްޗަށް ދައުވާކުރަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގަ އެވެ.އިސްތިއުނާފުކުރި މައްސަލަ ބަލައިގަނެވެގެން ނެތް ކަމަށް ނިންމައި ބުނެފައި ވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބޭ ކޮންމެ މީހަކުމެ އެ އަމުރަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ އަމުރެއްގެ މައްސަލަ އިސްތިއުނާފު ކުރެވޭނީ އަމުރަށް ކޯޓަށް ހާޒިރުވުމަށް ފަހު، އެ އަމުރަކާ ބެހޭ ގޮތުން އިޖުރާއީ މައްސަލައެއް އޮތް ނަމަ އެ ކަމަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެންކަން ހައި ކޯޓުގެ ކުރީގެ ގަޒިއްޔާ އަކުން ނިންމާފައިވާ ކަމަށް ހައި ކޯޓުން ބުންޏެވެ. އަދި ނަޝީދުގެ ފަރާތުން އިސްތިއުނާފުކުރި މައްސަލާގައި ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ފާހަގަކޮށްފައިވާ ނުކުތާ އަކީ ހައި ކޯޓުގެ ގަވާއިދުގެ ދަށުން އެ ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ހުޅުމާލޭ ކޯޓުގެ އަމުރުގައި ގާނޫނުތަކާއި ޝަރީއަތާ ހިލާފް ކަމެއް އޮތްކަމެއް އިސްތިއުނާފު ކުރުމުގައި ފާހަގަކޮށްފައި ނުވާ ކަމަށް ވެސް ހައި ކޯޓުން ބުނެފައިވެ އެވެ.ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް މި މަހުގެ ފުރަތަމަ ދުވަހު ކޯޓަށް ހާޒިރުވާން ނަޝީދަށް އެންގުމުން ނަޝީދުވަނީ ކޯޓަށް ހާޒިރުވެ ވަޑައިނުގެން، އެމްޑީޕީގެ ވައުދުގެ ދަތުރުގައި ފުރާވަޑައިގެންފަ އެވެ.އެހެންވުމުން މިއަދު ހަވީރު  00: 4 ގައި އޮންނަ އަޑުއެހުމަށް ނަޝީދު ކޯޓަށް ހާޒިރުކޮށްދޭން ފުލުހުންގެ މައްޗަށް ހުޅުމާލޭ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރު އިސްތިއުނާފުކުރުމަށް ނަޝީދުގެ ވަކީލުން ހައި ކޯޓަށް ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގަ އެވެ. އަދި އެ މައްސަލަ ހައި ކޯޓުން ނިމެންދެން ނަޝީދުގެ ޝަރީއަތް ފަސްކޮށްދިނުމުގެ އަމުރަކަށް ވެސް ނަޝީދުފެ ފަރާތުން ހައި ކޯޓުގައި އެދިފައިވެ އެވެ.ނަޝީދު ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރު ނެރެފައ ިވާއިރު އެ މައްސަލައިގެ ޝަރީއަތް މި މަހުގެ  13 ވަނަ ދުވަހުގެ ފަހުގެ ދުވަހަކަށް ތާވަލްކޮށްދޭން ނަޝީދުގެ ފަރާތުން ހުޅުމާލޭ ކޯޓުގައި އެދުނެވެ. ނަމަވެސް ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވާފައި ވަނީ ޝަރީއަތް ފަސްކޮށްދެވޭނެ ފަދަ ސަބަބެއް ނޫން ކަމަށް ޖުޑީޝަރީން ވަނީ ބުނެފަ އެވެ.އެ މައްސަލައިގެ އިތުރުން ނަޝީދުގެ މައްޗަށް މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކުރައްވާ އަބުރުގެ ދައުވާގެ ޝަރީއަތަށް މާދަމާ ހެނދުނު  00: 11 އަށް ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައި އެ ކޯޓުން ވަނީ ނަޝީދު ދިރިއުޅޭ ކެނެރީގޭގައި ރަތް ޗިޓް ތަތްކޮށްފަ އެވެ. ހާޒިރުނުވެއްޖެނަމަ ނަޝީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމާނެ ކަމަށް އެ ޗިޓްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ