ތ. އަތޮޅު އެލާގެ މައްސަލަ ވިލާ ކުންފުނިން ސުޕްރީމް ކޯޓުގެ އިލްތިމާސްއަށް ހުށަހަޅައިފި

ތ. އަތޮޅު އެލާގެ މައްސަލަ ވިލާ ކުންފުނިން ސުޕްރީމް ކޯޓުގެ އިލްތިމާސްއަށް ހުށަހަޅައިފިއެވެ.
ވިލާ ޝިޕިންގ ޓްރޭޑިންގ އިން މި މައްސަލަ އިލްތިމާސްއަށް މި ހުށަހެޅީ އެރަށް ކުއްޔަށް ދޫކޮށްފައިވަނިކޮށް ދައުލަތުން އެރަށް ނެގީ އެއްބަސްވުމާޚިލާފަށް ކަމަށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކުރިމައްސަލައިގައެވެ.
މި މައްސަލަ ސްޕްރީމް ކޯޓުގައި މިއަދު މެންދުރުފަހު 14:30 އެހާކަންހާ އިރު، އިލްތިމާސް ކޮށްފައިވީނަމަވެސް އެ މައްސަލަ ބަލައިގެންކަން އަދި ނޭނގެއެވެ.
މި މައްސަލައިގާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގއަށް ކޮޅުމަޑުލު އެލާކުއްޔަށް ދޫކޮށްފައި ވަނިކޮށް ދައުލަތުން އެރަށް ނެގީ އެއްބަސްވުމާއިޚިލާފަށް ކަމަށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާޠިލުކުރީ މިދޔަ އަންގާރަ ދުވަހުއެވެ.
އެ ދުވަހުގެ ބޭއްވިއަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އިސްފަނޑިޔާރު ޢަބްދުﷲ ދީދީމައްސަލާގައި ހުކުމް އިއްވަވަމުން ގާޟީޢަބްދުﷲ ދީދީ ވިދާޅުވީ އެލާގެމައްސަލާގައި ސިވިލްކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި އެހެންކަމުންދައުލަތުން އެދިފައިވާފަދައިން މިމައްސަލާގައި ދަށު ކޯޓުގެ ނިންމުން ބާޠިލްކަމަށް ކަނޑައަޅާ ކަމަށެވެ.
އެލާގެ މައްސަލާގައި ހައިކޯޓުން ހުކުމް އިއްވުމުގެ ކުރިންމައްސަލައާއި ގުޅިގެން އެއްވެސް އިތުރުކަމެއް ފާހަގަކުރަން ބޭނުންވާނަމައެކަމެއް ފާހަގަކުރުމަށް މައްސަލާގައި ހިމެނޭ ދެފަރާތަށްވެސް ފަނޑިޔާރުންގެބެންޗުން ދެއްވި ފުރުޞަތުގައި ވިލާ ކުންފުނީގެ ޤާނޫނީ ވަކީލު އަޙްމަދުޝަފީގު އެދުވަހު ވިދާޅުވީ އެދުވަހުގެ އަޑުއެހުމަށް ދައުލަތުގެ ފަރާތުން ހާޟިރުވީގަޑިޖެހިގެން ކަމަށްވާތީ މައްސަލަ ބާތިލްކޮށް ދިނުމަށް އެދޭ ކަމަށެވެ.
ނަމަވެސް ގާޟީޢަބްދުﷲ ދީދީ ވިދާޅުވީ މިކަން ހިނގާފައިވަނީ ހައިކޯޓުގެއިދާރީ މައްސަލައަކާއި ގުޅިގެން ކަމުން މައްސަލަ ބާތިލްކޮށްދެވެންނެތްކަމަށާއި މައްސަލައަށް ދެފަރާތުންވެސް ހާޟިރުވެފައިވާތީ މައްސަލަކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި މައްސަލަ ކޯޓަށް ވައްދާފައިވާ އިރު، ވިލާ ޝިޕިންގ ގެ އެކައުންޓު ވަނީ ފްރީޒް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ