ރައީސް އަބްދުﷲ ޔާމީންގެ ނައިބަކަށް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހަމަޖެއްސެވީ އުއްމީދުތަކަކާ އެކުގައި ނަމަވެސް އެމަނިކުފާނުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ. އަދި ވިދާޅުވީ ނައިބު ރައީސް ޖަމީލްގެ ފަރާތްޕުޅުން ފެންނަނީ ސަރުކާރުގެ ވައުދުތައް ފުއްދަން އެއްބާރުލުން ދެއްވުމުގެ ބަދަލުގައި "ހިމޭންކަމާއެކު" ހުންނަވާ މަންޒަރު ކަމަށެވެ. ވެރިކަން ކުރާ ކޯލިޝަންގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވަަރަށް ސީދާކޮށް ނައިބު ރައީސް ޖަމީލަށް މިރޭ ފާޑުވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ
މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު
ކަމަށް ކަނޑައެޅުމަށް، ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. މިއީ ސަރުކާރު ކޯލިޝަނުގެ ތެރެއިން ނައިބު ރައީސްއާ ދެކޮޅަށް މިހާ ސީދާ ގޮތެއްގައި ފާޑުކީ ފުރަތަމަ ފަހަރެވެ.އެ ބިލް ފާސްކުރީ ނައިބު ރައީސްކަމުގެ މަގާމުން ޖަމީލް ވަކިކޮށް، އެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ހަމަޖެއްސެވުމަށް ކަމަށް އަޑު ފެތުރިފައި ވަނިކޮށް، ސަރުކާރުގެ ވިސްނުމަކީ ވެސް އެއީ ކަން ނުސީދާ ގޮތެއްގައި، މެމްބަރު މުހައްމަދު އިސްމާއިލް މިރޭ "ދިޓީވީ"ގައި ވަނީ ވިދާޅުވެފަ އެވެ. އޭނާ ހުށަހެޅުއްވި އެ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް މިރޭ ވަނީ ނައިބު ރައީސް ޖަމީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ޑރ. ޖަމީލަށް ތިކަން ނުކުރައްވައިގެންނޭ، ތިކަން ނުކުރެވި އޮތީ. އެހެނެއް ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅާއަކަށް ވިދާޅެއް ނުވެވޭނެ-- މެމްބަރު މުހައްމަދުއެމްޑީއޭގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވަޑައިގެން ސޯޝަލް ކައުންސިލް ޖަމީލްއާ ހަވާލުކުރެއްވީ ވަރަށް ބޮޑެތި ޒިންމާތަކާކާ އެކުގައި ކަމަށެވެ. އެކަމަކު އެމަނިކުފާނު ސޯޝަލް ކައުންސިލްގެ ޒިންމާތައް އަދާނުކުރެއްވުމުން އެ މަސައްކަތްތައް ވެސް ކުރައްވަން ޖެހިވަޑައިގެންނެވީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. ރާއްޖެ އާއި ގަތަރު ކުޅުނު މެޗު ޝަރަފްވެރި ކޮށްދެއްވި މިނިސްޓަރު އަދީބު އަދި މެޗު ބައްލަވަން ވަޑައިގެންނެވި ނައިބު ރައީސް ޖަމީލް، މެޗަށް ފަހު ކުޅުންތެރިންނަށް އަތުން އިޝާރާތްކޮށްލައްވަނީ.-- ހަވީރު ފޮޓޯ: ނިޝާން އަލީ "ހަގީގަތުގައި ސަރުކާރުން އެންމެ ބޮޑަށް ފޯކަސްކޮށްގެން މަސައްކަތް ކުރި ދެ ދާއިރާ ހެލްތާއި ތައުލީމީ ދާއިރާއަކީ. ސޯޝަލް ކައުންސިލް ތެރެއިން އެކަން ކަން ހިނގައިގެން ދިޔައިރު އަޅުގަނޑުމެންނަށް ފެނުނީ އެއްވެސް ކަމެއް އެ ބޭފުޅާ ކުރައްވަން ޖެހޭ ބާރު ސްޕީޑުގައި ނުކުރެއްވިގެންކަން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަން އަނބުރާ ރައީސުލް ޖުމްހޫރިއްޔާގެ ބެލުމުގެ ދަށަށް އަންނަންވާނީ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. ނައިބު ރައީސަށް ޒިންމާއަދާނުކުރެއްވޭ ހާލަތުގައި، މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި، އެކަން ނުކުރެވި ދޫކޮށްލަން ރައީސަކަށް ހުންނަވާ ބޭފުޅަކު ބޭނުންފުޅެއް ނުވާނެ އެވެ. ދެން އަންނަ އިންތިހާބެއްގައި ވޯޓު ހޯދަން ރައްޔިތުންގެ ގާތަށް ރައީސް ޔާމީން ވަޑައިގަންނަވާއިރު، ސޯޝަލް ކައުންސިލާ ހަވާލުކުރި ކަންކަން ނުކުރެވޭ ކަމުގެ ސުވާލު ރައްޔިތުން ކުރިމަތިކުރުވުމުން، އެއީ ނައިބު ރައީސް ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަން ކަމަށް ރައީސަށް ވިދާޅުވާން ދަތިފުޅުވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ."ޑރ. ޖަމީލަށް ތިކަން ނުކުރައްވައިގެންނޭ، ތިކަން ނުކުރެވި އޮތީ. އެހެނެއް ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅާއަކަށް ވިދާޅެއް ނުވެވޭނެ،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުފެނޭ ނައިބު ރައީސެއްގެ ޒިންމާ، އެ މަގާމުގައި ހުންނެވި ބޭފުޅާ ބަރާބަރަށް އަދާކުރައްވާ މަންޒަރެއް. އަޅުގަނޑުމެންނަށް ފެންނަނީ ނައިބު ރައީސަކަށް ހުންނެވި ބޭފުޅާ ވަރަށް ބޮޑަށް ހަމަހިމޭނުން ހުންނަވަމުންދާ މަންޒަރު."އެމަނިކުފާނުގެ މާބޮޑު ދައުރެއް ނުފެނުނަސް، ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގައި، މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި، ނައިބު ރައީސްގެ ހަރަދުތަކާއި ރައީސްގެ ހަަރަދުތަކުގައި މާބޮޑު ތަފާތެއް ނެތެވެ. ޖަމީލް ޒިންމާއަދާނުކުރެއްވި ނަމަވެސް އެމަނިކުފާނާ ރައީސް ޔާމީނާ ދޭތެރޭގައި އެއްވެސް މައްސަލައެއް އުޅޭ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަގާމުގެ މަސްއޫލިއްޔަތު ހަވާލުނުކުރައްވައި އެކަހެރިކުރެއްވީ ކަމަށް ވިދާޅުވުމުގެ ފުރުސަތެއް ނައިބު ރައީސް ޖަމީލަކަށް ނޯންނާނެ އެވެ. އެމަނިކުފާނާ މަސައްކަތް ހަވާލުކުރި ނަމަވެސް "ކަންކަން ނުކުރެވި ފޭލްވާ މަންޒަރު" ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އިސްލާހު ހުށަހެޅުއްވި، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް އެ އިސްލާހާ އެކު މި ދައުރުގައި ނައިބު ރައީސަކަށް އެހެން ބޭފުޅަކު ހަމަޖައްސަވާނެތޯ ޕްރެޒެންޓަރު ކުރި ސުވާލަށް މުހައްމަދު އިސްމާއިލް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނުސީދާކޮށް ވިދާޅުވީ ރައީސް ޔާމީންގެ ކެބިނެޓްގައި ނައިބު ރައީސް ކަމަށް ގާބިލް، ޒުވާން ބޭފުޅުން އެބަތިއްބެވި ކަމަށެވެ. ވަގުތު ޖެހުމުން އެކަމާ މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށާއި ރައީސާއި ނައިބު ރައީސްގެ އުމުރާ ގުޅޭ އިސްލާހު މަޖިލީހުން ފާސްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ނ) އަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް
ކަމަށް މުހައްމަދު ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު
އަދާކުރެވޭނެ ފެންވަރުގެ ގާބިލް، އުފެއްދުންތެރި ޒުވާނުން ތިބިއިރު،
އެފަދަ ޒުވާނުންނަށް އެކަމަށް ހިތްވަރު ދިނުމަށް ކަމަށެވެ. އަދި ޕެންޝަނާ ބެހޭ ގާނޫނުގައި އަސާސީ ޕެންޝަން ލިބެންޖެހޭ
އުމުރަކީ 65 އަހަރު ކަމުގައި ކަނޑައަޅާފައި އޮތުމާއި
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކީ ބުރަ އަދި އެހާމެ ޒިންމާދާރު
ވަޒީފާއެއް ކަމަށް ވާތީ، އެ އިސްލާހު ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަނީ
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ނައިބު ރައީސްކަން ދޭންކަން އަޑުފެތުރިފައިވާއިރު އަދީބުގެ މިހާރުގެ އުމުރަކީ 34 އެވެ. އުމުރުން 65 އަހަރަށް ވުރެ ދޮށީ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ
ގޮތަށް އިސްލާހު ގެންނަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް
އަމާޒުކޮށް ކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. އެ އިސްލާހު
އެގޮތަށް ފާސްވެއްޖެ ނަމަ، ކުރިން ދެ އިންތިހާބުގައި ވާދަކުރެއްވި ގާސިމަށް
ދެން ރިޔާސީ އިންތިހާބަކަށް ކުރިމައްޗެއް ނުލެއްވޭނެ އެވެ.
ނައިބު ރައީސް ޖަމީލް ޒިންމާއަދައެއް ނުކުރައްވާ، ހުންނަވަނީ ހިމޭނުން: މެމްބަރު މުހައްމަދު އިސްމާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ