ޤާސިމް 6 ފޫޓް 8 ފޫޓް ގޮޅިއެއްގަ އޮންނަވަނިކޮށް ގޭގައި ނިދަން ބޭނުން ނުވާ ބައަކު ނިދާނެ ތަނެއް ހޯދަނީ!

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދޫނިދޫގެ 6 ފޫޓް 8 ފޫޓް ގޮޅިއެއްގައި އޮންނަވަނިކޮށް ގޭގައި ނިދަން ބޭނުން ނުވާ ބައަކު ނިދާނެ ތަނެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދުނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ ޤާސިމް މިހާރު އެ އޮންނެވި ހާލުކޮޅުގައި އޮންނަވަނިކޮށް ގޭގައި ނުނިދޭ ކަމަށެވެ. ނިދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ނުނިދޭ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ހަމަ ނިންޖެއް ނުލިބޭ. އެތައް ހާލެއްގައި އުޅެގެން ފާޑަކަށް ނިދޭ. ނިދިޖެހިލާއިރަށް ސިއްސައިގެން ގޮސް ހޭލެވެނީ. ދެން ނިދިޖެހެނީ އަނެއްކާވެސް އެތައް ހާލުން. ޤާސިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއީދުކުރިފަހުން މިކަންތައްތައް އަދި މާބޮޑުވެއްޖެ."
އެމީހުން ބުނީ އެމީހުން ނިދަން ބޭނުންވަނީ ޤާސިމް އިބްރާހީމް އާއި އެއް ހާލެއްގައި ކަމަށެވެ. އެއް ޒާތެއްގެ ގޮޅިއެއްގައި ކަމަށެވެ. އެހެންކަމުން މިހާރު ވިސްނަމުން ގެންދަނީ އެކަން ކުރެވޭނެ ގޮތަކާއި ތަނަކާއިމެދުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ