ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ.
ސްޕްރީމް ކޯޓުން ބާޠިލުކޮށްފައިވަނީ އެ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނ. ލަންދޫ ރިލެކްސް ފަރީދާ ޢުމަރާއި ގއ. ވިލިނގިލީ ކޯޒީވިލާ އިމްރާން އަންވަރުގެ ކެންޑިޑެސީ އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ އެކަން އިޢުލާންކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް ކެންޑިޑޭޓް އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށްގެން ބަލިވެފައިވާ އިރު، ދެވަނަ މީހާ ވާދަކުރީ އެމްޑީއޭގެ ޕްރައިމަރީގައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހު ބުނާ ގޮތުން އިންތިޚާބެއްގައި ޕާޓީއެއް ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމަށް ފަހު ބަލިވެއްޖެ ނަމަ އެއްވެސް ހައިޘިއްޔަތަކުން އެ މީހަކަށް އެ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.
ޖޭޕީގެ ދެ ކެންޑިޑެސީ ސްޕްރީމް ކޯޓުން ބާޠިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ