ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އެކުލެވިގެންވާ ގޮތް މުޅިން ބަދަލުކޮށް ބޯޑު އައްޔަންކުރުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތް ހެދުމަށް ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފާޑު ވިދާޅުވެއްޖެ އެވެ.
އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރާ މަސައްކަތްތަކަށް ރައީސް މައުމޫން ފާޑު ވިދާޅުވެފައި މިވަނީ ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާއަށް ޕީޕީއެމްގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރުމާ ގުޅިގެންނެވެ. މިއިސްލާހު ފާސްކުރީ 44 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މިމައްސަލާގައި ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތަށް ގެނެސްފައިވާ ބަދަލާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ އިސްލާހަކީ ބާރުތައް މަރުކަޒީ ކުރުން ނުވަތަ މުށުތެރެއަށްލުން ކަމަށް ވަނީ ސިފަކުރައްވާފަ އެވެ.
މީގެއިތުރުން ރައީސް މައުމޫން ވިދާޅުވީ މިއިސްލާހުގެ ސަބަބުން ރައްޔިތުން އެމީހުންގެ އަމިއްލަ ކަންކަމުގައި ބަސްބުނުމަށް އޮންނަ ފުރުސަތު ނިގުޅައިގެނެވިގެންދާ ކަމަށެވެ.
އެލްޖީއޭގެ ބޯޑު އެކުލަވާލުމުގެ ބާރު ރައީސަށް ދިނުމުން މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ