ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރ ރިޔާޟް ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއކުރައްވައިފިއެވެ.
ރިޔާޟް ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވަނީ، ޖޭޕީގެ މައި މަރުކަޒު ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރިޔާޟް ރަޝީދު ޖޭޕީއަށް ސޮއިކުރައްވާފައިވަނީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ ހާޟިރުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ރިޔާޟް ރަޝީދު ޖޭޕީއަށް ސޮއިކުރެއްވުމަކީ އެމަނިކުފާނުގެ ވަރަށް ގިނަ ދުވަސްވީ އުންމީދެއް ފުރިހަމަވުން ކަމަށާއި، ރިޔާޟަކީ ސިޔާސީ މައިދާނުގެ އިތުރުން، ވިޔަފާރީގައިވެސް ގާތް އެކުވެރި ބޭފުޅެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޟް ވިދާޅުވީ، އޭނާ ޖުމްހޫރީ ޕާޓިއާ ގުޅިވަޑައިގެންނެވީ އަމިއްލަ އެއްވެސް ބޭނުމެއް އޮވެގެން ނޫން ކަމަށާއި ޕީޕީއެމް ދޫކުރައްވައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ އޭނާ ތަމްސީލް ކުރައްވާ ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ކަމަށެވެ.
ރިޔާޟް ވިދާޅުވީ އެނާ ޕީޕީއެމުން ވަކިވެ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ އޭނާ ކުރިން ހުންނެވި ޕާޓީ ކަމަށްވާ ޕީޕީއެމްގެ އިސް ބޭފުޅުންނަށް ނޭނގި އެބޭފުޅުންނަށް ވަގަށް ނޫން ކަމަށެވެ. އަދި މިއީ ކުއްލި އަކަށް ނިންމި ނިންމުމެއް ނޫން ކަމަށާއި މި ނިންމެވުން ނިންމަވައި ޕީޕީއެމްގެ ޕީޖީ ލީޑަރުންނާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާ މި ނިންމުން ހިއްސާ ކުރައްވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
ވިލުފުށީ ދާއިރާގެ މެމްބަރ ރިޔާޟް ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ