ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ގައުމުގެ ސަލާމަތްކަން އޮތް ގޮތަކަށް އަނިޔާވެރިކަމުން ސަލާމަތްކުރުމުގައި ދީނާއި ޚިލާފު ނުވާ ޔޫއެން އާއި އީޔޫގެ ނިންމުންތަކާއިއެކުކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިރޭ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ގާސިމްގެ ޓްވީޓްގައި ވިދާޅުވީ ކޯލިޝަންގެ ސިންގަލް ކެންޑިޑޭޓަކީ "ރައްޔިތުން އެދޭ ބަދަލު"ކަމަށާ ޖުމްހޫރީ ޕާޓީ މި މަގުން ކުރިއަށްދިއުމަކީ ރައްޔިތުންގެ އެދުންކަމަށެވެ.
އަދި ވިދާޅުވީ މާތްﷲގެ އިރާދަފުޅުން ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ގައުމުގެ ސަލާމަތްކަން އޮތް ގޮތަކަށް އަނިޔާވެރިކަމުން ސަލާމަތްކުރުމުގައި ދީނާއި ޚިލާފު ނޫން ޔޫއެން އާއި އީޔޫގެ ނިންމުންތަކާއިއެކުކަމަށެވެ.
ޖޭޕީ ކުރިއަށްދާނީ ދީނާއި ޚިލާފު ނުވާ ޔޫއެން އާއި އީޔޫގެ ނިންމުންތަކާއިއެކު: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ